ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ކުރާ ދަތުރުތައް އިތުރުކޮށްފި

ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ކުރާ ދަތުރުތައް އިތުރުކޮށްފި

Author
ހުސެއިން
28 އޭޕްރިލް 2024 03:21
0

ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަނުން އަތޮޅުތެރެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަނުން "އެކްސް"ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސްކޫލު ބަންދާއި ދިމާކޮށް ޑިމާޑް ބޮޑުވެފައިވާތީ ފްލައިޓްތައް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މެއި މަހުގެ ދެވަނަ ދުވަހުގެ ރޭ ހޯރަފުށްޓައް ފްލައިޓެއް ދާނެ ކަމަށާއި ތިން ވަނަ ދުވަހުގެ ރޭ ފަރެސްމާތޮޑާ، ގަން އަދި ފުވައްމުލަކަށް ވެސް އިތުރު ފްލައިޓެއް ދާނެ ކަމަށެވެ.

އޭގެ އިތުރުން، މެއި މަހުގެ ތިން ވަނަ ދުވަހުގެ ހެނދުނު ތިމަރަފުށްޓަށާއި މާފަރަށާއި މަޑިވަރަށާއި ހަނިމާދޫއަށް އިތުރު ފްލައިޓެއް ދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޮންމެ އަހަރެއްގެ ވެސް ސްކޫލު ޗުއްޓީއާ ދިމާކޮށް ފްލައިޓަކަށް ޑިމާޑް ބޮޑުވެގެން ދެއެވެ. ޗުއްޓީއަށް ރަށަށާއި ބޭރަށް ދާ ދިވެހީންގެ އަދަދު ވަރަށް ގިނައެވެ. މޯލްޑިވިއައުން ޗުއްޓީއާ ދިމާކޮށް ފްލައިޓްތައް އަބަދު ވެސް އިތުރުކުރެއެވެ.

މޯލްޑިވިއަނުން ދަނީ އެ އެއާލުން ދަތުރުކުރަމުންދާ މަންޒިލްތައް އިތުރުކޮށް، މިހާރު އުދުހެމުންދާ މަންޒިލްތަކަށް ހާއްސަ ޕެކޭޖްތައް ވެސް ތައާރަފްކުރަމުންނެވެ. އެގޮތުން މި ފަހުން މޯލްޑިވިއަނުން ވަނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށް ފަހުގައި ކޮލަންބޯއަށް ދަތުރުތައް އަލުން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.