ރައީސްއާއި ގުޅުންހުރި މައްސަލަތަކެއް އޭސީސީން ބަލަމުންދާކަމެއް އެނގިފައެއް ނެތް: ހީނާ

ރައީސްއާއި ގުޅުންހުރި މައްސަލަތަކެއް އޭސީސީން ބަލަމުންދާކަމެއް އެނގިފައެއް ނެތް: ހީނާ

Author
ހުސެއިން
28 އޭޕްރިލް 2024 01:03
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއާއި ގުޅުންހުރި މައްސަލަތަކެއް އޭސީސީން ބަލުންދާކަމެއް ސަރުކާރަށް އެނގިފައި ނެތްކަމަށް ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވަލީދު ވިދާޅުވީ ރައީސް މުއިއްޒު މޭޔަރުކަމަށް ކުރިމަތިލެއްވި ހިސާބުން ފެންމަތިވެގެން އުޅޭ ރިޕޯޓުތަކެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ކަމަށާއި، އެއްވެސް މަސައްލައެއް އޮތްނަމަ ފާއިތުވެދިޔަ 5 އަހަރު ނިމިގެން ދިޔައިރު އޮންނަންވާނީ ބަލާފައި ކަމުގައެވެ.

އަޅުގަޑުމެންނަކަށް ރައީސުލްޖުމުހޫރިއްޔާގެ މައްސަލަތަކެއް ބަލަމުންދާކަން އަދި އެނގިފައެއް ނެތް. އެހެންނަމަވެސް ދެކެވެމުންދާ ވާހަކަަތައް، ނުވަތަ ބައެއް ނޫސްތަކުގަ ހުންނަ ރިޕޯޓުތަކަށް ބަލާލާއިރުގަ އަޅުގަޑުމެންނަށް ފާހަގަ ކުރެވެނީ ރައީސުލްޖުމޫރިއްޔާ އޭރުގެ މޭޔަރކަމަށް ކުރިމަތިލެއްވި ހިސާބުން ފެށިގެންވެސް ފެންމަތިވެގެން އުޅޭ ރިޕޯޓުތަކެއް އެއީ އިނގޭތޯ. އެހެންވީމަ މިދިޔަ 5 އަހަރު ވެރިކަން ނިމިގެންދިޔައިރުގަ ހަގިގަތުގަ އެއްވެސް މައްސަލައެއް އޮތްނަމަ ކީއްވެތޯ ނުބެލީ. އޭސީސީވެސް އެމީހުންގެ ބާރުގެ ދަށުގަ ދެއްތޯ.. އެ ސަރުކާރުގެ ހަމަ ފުލް ކޮންޓްރޯލް އޮތް އޭސީސީއެއް އޮތީ. މުއްސަސާތައްވެސް ކޯޓުތައް އެބޭފުޅުންގެ ފުލް ކޮމންޓްރޯލްގަ.

ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައީސް ބޭނުންފުޅުވަނީ އެއްވެސް ކަމެއް އޮތްނަނަމަ މުވައްސާތަކުން ބެއްލެވުން ކަމަށާއި، އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއް އެމަނިކުފާނުގެ ކިބައިން ހިނގާފަ ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާކަމަށް ހީނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.