ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު އަދި "ޖޯނަސް ބްރަދާސް" ގެ ނަމުގައި އާއިލީ ބޭންޑެއް ހިންގަމުން އަންނަ ނިކް ޖޯނަސް ގެ ފިލްމް އެއް ރިލީޒް ކުރުމަށް ތައްޔާރު ވެއްޖެއެވެ.
މި ފިލްމް އަކީ ބަޓް ޝްވަޒްމަން ޑައިރެކްޓްކޮށްފައިވާ ކޮމެޑީ-ޑްރާމާ "ދަ ގުޑް ހާފް" އެވެ. މި ފިލްމް ގައި ނިކް ފެނިގެންދާނީ ލީޑޫ ރޯލުން ނެވެ. އެއާއި އެކުގައި ފިލްމް އެއްގައި ލީޑު ރޯލު އޭނާ ކުޅޭމީ ފުރަތަމަ ފަހަރެވެ.
ބައެއް ފިލްމް ތަކުގައި ސަޕޯޓިން ރޯލު ތަށް އަދި ބައެއް ފިލްމް ތަކުން ކުދި ކުދި ރޯލު ކުޅެފައިވާ ނިކް އަށް ފިލްމް އެއްގެ ލީޑުން ފުރުސަތު ލިބުން އިރުގައި މި ފިލްމް ގެ ކާސްޓުގައި ބްރިޓަނީ ސްނޯ، ޑޭވިޑް އާކްއެޓް، އެލެގްޒެންޑްރާ ޝިޕް އަދި އެލިޒަބަތު ޝޫ ހިމެނެ އެވެ.
ނިކް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ޕްރިޔަންކާ އާއި ސޭމް ހިއުގަންގެ ރޮމޭންޓިކް ކޮމެޑީ-ޑްރާމާ "ލަވް އެގެއިން" ގެ ކުޑަ ރޯލަކުންނެވެ.
ކޮމެންޓު ފޮނުވާ