މަހުޖަނު މުކޭޝް އަންބާނީ ގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފުލާ ބާއްވަނީ ލަންޑަނުގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަންނަ ޖުލައި މަހު ބާއްވަން ނިންމާފައިވާ އެ ކައިވެނީގެ އެކި ހަފުލާތައް ވަނީ މިއަހަރު ފެށުމާއި އެކުގައި ކަހަލަ ގޮތަށްކަށް ފަށައިފައިއެވެ. އެގޮތުން ބޮލީވުޑްގެ ގިނަ އަދެއްދެގެ ތަރިންނާއި މަހުޖަނުން ބައިވެރިވި އިވެންޓެއްގައި އެމީހުންގެ ކައިވެނީގެ ހަފްލާތަށް ފަށައިފައިވާއިރުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ވަނީ އޭގެން ހަފުލާއެއްގައި ޕާފޯމް ވެސް ކޮށްފަ އެވެ.
ރިޕޯޓުތައް ބުނި ގޮތުގައި، އަނަންތު އަންބާނީ، 28، އާއި އޭނާގެ ޒަމާންވީ ލޯބިވެރިޔާ ރާދިކާ މާޗެންޓް، 29، ގެ އެންގޭޖުމަންޓް ހަފުލާ ބާއްވަނީ ދުބާއީގަ އެވެ. އަދި އެ ދެމީހުންގެ ކައިވެނީގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ ލަންޑަނުގަ އެވެ.
އަންބާނީ ދޮށީ ދެދަރިން ކައިވެނި ކުރި އިރުވެސް ވަނީ އިންޓަނޭޝަނަލް އެތަރިންނާއި ދުނިޔޭގެ ގައުމު ތަކުގެ މަހުޖަނުން އަދި ބޮލީވުޑް އާއި ހޮލީވުޑްގެ ފަންނާނުން ބައިވެރިކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ