މާޒިޔާއަށް ބޮޑުމޮޅެއް

މާޒިޔާއަށް ބޮޑުމޮޅެއް

Author
އިބްރާހީމް ސާޢިދު
20 ޑިސެމްބަރ 2020 08:42
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް 7-1 އިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އިން ކުޅުނު ދެ ވަނަ މެޗުން ވެސް ބޮޑު މޮޅެއް ހޯދައިފި އެވެ.

މާޒިޔާ އިން ލީޑުނެގީ މެޗުގެ 15ވަނަ މިނިޓުގައި އަސަދުއްﷲ އަބްދުﷲ ބޮލުން ޖައްސާލި ބޯޅައަކުން ނާއިޒް ހަސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ދެ ވަނަ ލަނޑު ޖެހީ އުމައިރުދިން ބޯޅައަކުން އަސަދުﷲ އަބްދުﷲ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މާގިނަ އިރެއްނުވެ މާޒިޔާ އިން ތިން ވަނަ ލަނޑު ޖެހީ އިބްރާހިމް އައިސަމް އެވެ. ގްރީން ސްޓްރީޓްސްއަށް  ސުންކަނޑަވާލަދިނީ ދެވަނަހާފް ގައި ލިބުނު ފުރުތަމަ ފުރަސަތުން އެންޖަލް މުނޯޒްއެވެ. ގްރީނން މިލަނޑުޖެހީތާ މިނެޓެއް ނުވަނީސް މާޒިޔާގެ ހަތަރުވަނަ ލަނޑު އަސަދުﷲ އަބްދުﷲ ޖެހިއެވެ.

މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ މުޙައްމަދު އިރުފާން އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) މާޒިޔާގެ ހަ ވަނަ ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގައި ޕެނަލްޓީ އަކުންނެވެ. މިއީ ގޯލު ރޮނގުމަތިން ގްރީން ސްޓްރީޓްސްގެ މުޙައްމަދު ފަރުހާން ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ގޯލަށް ވަންނަން ދިޔަ ބޯޅައެއްގައި އަތްލުމުން ރެފްރީ ވަނީ ފަރުއްކޮ އަށް ރަތް ކާޑު ދައްކާފަ އެވެ. މެޗުގެ އިތުރު ވަގުތުގައި މާޒިޔާގެ ހަތް ވަނަ ގޯލު ޖެހީ ހަމްޒާ މުޙައްމަދެވެ.

ކުޅެން އެރުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މާޒިޔާގެ އިބްރާހީމް ވަހީދު ހަސަން ފަޔަށް އަނިޔާވެގެން އޭނާ ބާލަން ޖެހުނުއިރު މާޒިޔާގެ ތިން ބަދަލު އޮތީ ހަަމަވެފަ އެވެ. އެހެންވެ އެ ޓީމުން ފަހު ކޮޅު ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި ހޯދި ބޮޑު މޮޅާ އެކު މާޒިޔާ އޮތީ ދެ މެޗުން ވެސް މޮޅުވެ ފައިދާ ގޯލުގެ ތަފާތުން އެއް ވަނާގަ އެވެ. މާޒިޔާ އަށް ހަ ޕޮއިންޓާ އެކު ފައިދާ އަށް ގޯލު އޮތްއިރު، ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ ވެސް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އެ ޓީމުގެ ފައިދާ އޮތީ ފަސް ގޯލެވެ. ލީގުގައި އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެރޭ މާޒިޔާ ކުޅޭނީ ވެލެންސިއާއާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.