އީރާނުން އިސްލާރީލަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފަށައިފިއެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓު ކުރަމުންދާ ގޮތުގައި އިސްރާއީލުނ ފޮނުވާލި މި ސައިލްއެއް ވަނީ އިރާނުގެ އިސްފަހާން ސިޓީގައި ހުންނަ އެއަރބޭސްއަކަށް އަމާޒު ވެފައެވެ.
ބީބީސީން ބުނެފައިވަނީ އިސްރާއީލުން އީރާނަށް މިސައިލް ހަމަލާއެއް ފޮނުވާލާފައިވާކަން އެމެރިކާއިން ވަނީ ޔަގީން ކޮށްދީފައެވެ.
އިސްފަހާނަކީ އީރާނުގެ ވައިގެ މަރުކަޒެއް ހުންނަ ޕްރޮވިންސެކެވެ. އެ ޕްރޮވިންސްގައި އަސްކަރީ ގިނަ ތަންތަން ހުރެ އެވެ. އިސްރާއީލުގެ މިސައިލް ހަމަލާގައި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާއިރު އީރާނުގެ މީޑިއާތަކުން ބުނަނީ ހުރިހާ ނިއުކްލިއާ ފެސިލިޓީތަކެއް ވެސް ހުރިީ ރައްކާތެރިކަމާ އެކު ކަމަށެވެ.
އިސްރާއީލުން އީރާނަށް މިސައިލް ހަމަލާ ދޭން ފަށާފައިވާކަމަށް ރިޕޯޓުތަކުން ބުނަމުންދާރު ޓްރެކިން ސައިޓްތަކުން ފެން ގޮތުގައި އިރާންމަތިން އުދުހެމުންދާ ހުރިހާ މަތިންދާ ބޯޓުތަކެއްވެސް މިހާރުވަނީ މިސްރާބު ބަދަލު ކޮށްލާފައެވެ.
މި ހަމަލާތަކާއި ގުޅޭގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިންވެސް އަދި އެމެރިކާގެ ދިފާއީ ވިޒާރާ ޕެންޓަގަންއިންވެސް ވަނީ އެއްވެސް ކޮމެންޓެއް ކުރުމަށް ދެކޮޅު ހަދާފައެވެ.
އަސްކަރީ ތަޖުރިބާކާރަކު ބީބީސިއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އިރާނުގެ ގިނަ ނިކުއަރ ރިއެކްޓަރުތަކާއި އަދި ނުއުކުލިއަރ ރިސާޗް ގިނަ ޕްރޮގްރާމްތައްވެސް ހިނގަމުންދާ ޕްރޮންވިންސް ކަމުގައެވެ. އެހެންކަމުން އިސްރާއީލުގެ އަސްކަރީ ހަމަލާތައް އަމާޒުކުރުމުން ޝައުގުވެރިކަން އެންމެ ބޮޑަަށް ހުންނާނީ އެ ޕްރޮވިންސަށްކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓު ފޮނުވާ