ރަށެއްގައި އޮންނަ ހަފްލާއަކަށް ދާނަމަ ހުއްދަ ނަގަންޖެހޭނެ: އެޗްޕީއޭ

ރަށެއްގައި އޮންނަ ހަފްލާއަކަށް ދާނަމަ ހުއްދަ ނަގަންޖެހޭނެ: އެޗްޕީއޭ

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 06:21
0

މާލެއިން އެހެން ރަށަކަށްގޮސް ހަފްލާއެއް ނުވަތަ ރަސްމިއްޔާތެއްގައި ބައިވެރިވާނަމަ، އެޗްޕީއޭ ނުވަތަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދަންޖެހޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތަކާއި ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ. ނަމަވެސް އެބައްދަލުވުންތައް ނުވަތަ ހަފްލާތަކުގައި ބައިވެރިވާއިރު އަމަލުކުރަންޖެހޭނެ އުސޫލެއް އެޗްޕީއޭއިން މިއަދު ވަނީ ޢާންމުކޮށްފައެވެ. އެއުސޫލުގައި ބުނެފައިވަނީ، ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއް ކަރުގައި ރިއްސުން، ކެއްސުން، ހުންއައުން، ނޭވާލާން އުނދަގޫވުން، ގައިގައި ރިއްސުން ފަދަ ހުރި އެއްވެސް މީހަކު މަސައްކަތުގައި ބައިވެރި ނުކުރެވޭނެކަމަށެވެ.

އެއްވެސް ޢަލާމާތެއް ހުރިނަމަ ފުލޫ ކްލިނިކަށް ދައްކާ ގޭގައި އެކަހެރިވެހުރުމާއި ޞިއްޙީ ޙިދުމަތްތެރިއާގެ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރަންޖެހޭނެކަމަށާއި، ތަނުގައި މަސައްކަތްކުރާ މީހުން އަބަދުވެސް އަނގަޔާއި ނޭފަތް ނިވާވާގޮތަށް މާސްކް އެޅުމާއި މާސްކް އެޅުމުގެ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރަންޖެހޭނެކަމށްވެސް އުސޫލުގައި ބުނެފައިވެއެވެ.

ތަނަށްވަދެ ނިކުމެ އުޅުމުގައާއި ތަނުގެ ތެރޭގައި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންތިޒާމުކޮށް ބަލަހައްޓަންވާނެކަމަށާއި، މަސައްކަތުގައިއުޅޭ މީހުން ގިނަގިނައިން އަތް ސާފުކުރުން. އަދި ތަންތަނުގައި އަތްލުމަށްފަހު އަތްސާފުނުކޮށް ނޭފަތާއި އަނގަޔާއި ލޮލުގައި އަތްނުލުމަށް އުސޫލުގައިވެއެވެ. އަދި ތަނުގައި އުޅޭ އެންމެންވެސް މަސައްކަތުގެ ހުރިހާ ވަގުތެއްގައި ސާފުތާހިރު ހެދުމެއްގައި ސާފުތާހިރުކޮށް
ތިބުމަށާއި، ތަނުގައި މަސައްކަތްކުރާމީހުންނާއި އެހެނިހެން މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމް ނުވަތަ ސެނިޓައިޒަރ އިން އަތް ސާފުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުންނަންޖެހޭނެކަމަށް އުސޫލުގައިވެއެވެ. އާންމުކޮށް އަތްލާ ތަންތަނާއި ތަކެތި (ޕޯޑިއަމް، މައިކް، ގޮނޑި މޭޒު، ދޮރުގެ އަތްގަނޑު ފަދަ އަވަސް އަވަހަށް ސާފުކުރުމާއި، އަތް ސާފުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިރުޝާދުތައް ތަނުގައި ފެންނަގޮތަށް ބެހެއްޓުމަސް އެޗްޕީއޭގެ އުސޫލުގައިވެއެވެ.

އެޗްޕީއޭއިން އަންނަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.