ރައީސް މުއިއްޒުގެ މޫނުމައްޗަށް ބަލާލުމުންވެސް ތެދުވެރިކަން ފާޅުވަމުން ދާކަމުގައި ނައިބު ރައީސް ސެމްބެ ވިދާޅުވެއްޖެއެވެ. ނާއިބު ރައީސް މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ސެމްބެ ވިދާޅުވީ ރައީސް މުއިއްޒުފަދަ ވެރިއެއް މަދުން ނޫނީ ނުލިބޭނެ ކަމަށާއި, ރައީސް މުއިއްޒުގެ މޫނުމައްޗަށް ބަލާލުމުންވެސް ތެދުވެރިއެއްކަން އެނގެން ހުރި ކަމުގައެވެ. އަދި ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުއަކީ ތެދުވެރިކަމާއި އިޚްލާސްތެރިކަން އެންމެ މަތީ ފަންތީގައި ހިފަހައްޓަވާ ބޭފުޅެއް ކަމަށާއި, އެހެންކަމުން ރައްޔިތުން މިފަދަ ތެދުވެރި ވެރިއެއް ރައްޔިތުން ދޫކޮށް ނުލާނެ ކަމުގައެވެ.
މިފަދަ ވެރިއެއް މަދުން ނޫނީ ނުލިބޭނެ. ރައްޔިތުންނަށް އިޚްލާސްތެރިކޮށް, ތިބޭފުޅުންނާއި ބައްދަލުވާ ކޮންމެ ފަހަރަކު އެބޭފުޅާގެ މޫނުމައްޗަށް ތިބެފުޅުން ބައްލަވާލެއްވީމަވެސް އިނގޭނެ އެބޭފުޅާގެ ތެދުވެރިކަން. ރައްޔިތުންނާއި ބަހައްޓަން ބޭނުންވާ ގާތްކަން, އެކުވެރިކަން.
ނައިބު ރައީސް ސެމްބެ ވިދާޅުވިއެވެ.
ނާއިބު ރައީސް ވިދާޅުވީ މީގެ ކުރިން އެންޓި ޑިފެންޝަން ގާނޫނު ތަސްދީގު ކުރިކަމަށާއި، އެހެންނަވެސް އެމްޑީޕީން އެ ބިލް އުވާލީ ކަމުގައެވެ. އެހެންނަމަވެސް އެމްޑީޕީން މިފަހަރު އެ ގާނޫނު ފާސްކުރުމަށްފަހު ރައީސަށް ބިލް ތަސްދީގުކުރަން ފޮނުވީ ޕީއެންސީއަށް މެޖޯރިޓީ ނުލިބޭނެކަމަށް ބަލާ، ޖެއްސުން ކުރުމުގެ ގޮތުން ކަމުގައި ސެމްބެ ވިދާޅުވިއެވެ. ސެމްބެ ވިދާޅުވީ އެހެންނަމަވެސް ރައީސް އެ ބިލް ރައީސް ތަސްދީގު ކުރެއްވީ ވިސްނުފުޅު އިސް ކުރައްވާ، ހިކުމަތްތެރިކަން އިސް ކުރައްވައިގެން ކަމުގައެވެ. އަދި ރައީސް މުއިއްޒު ހިކުމަތްތެރި ތެދުވެރި ލީޑަރެއް ކަމުގައިވެދް ނާއިބު ރައީސް ވިދާޅުވިއެވެ.