އިޚްލާސްތެރިންކަމަށް ޔާމިން ގަބޫލު ކުރައްވާ ބޭފުޅުންގެ ލިސްޓުގެ ކުރީގައި ނައިބު ރައީސް ސެމްބެ

އިޚްލާސްތެރިންކަމަށް ޔާމިން ގަބޫލު ކުރައްވާ ބޭފުޅުންގެ ލިސްޓުގެ ކުރީގައި ނައިބު ރައީސް ސެމްބެ

ގުޅުންހުރި

ޖަލުގައި އޮންނެވި މުއްދަތުގައި ޕީއެންސީ/ޕީޕީއެމްގެ ލީޑަޝިޕުން އެމަނިކުފާނަށް އިޚްލާސްތެރިކަން ދެއްކެވި ބޭފުޅުންގެ ލިސްޓުގެ ކުރީގައި އެމަނިކުފާން ހުސެއިން މުހައްމަދު ލަތީފް ސެމްބެ ހިމަނުއްވައިފިއެވެ.

މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޖަލުގައި އޮންނެވިއިރު އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ހަބަރުތައް ބަރާބަރަށް ލިބިވަޑައިގަންނަވާކަމަށެވެ.

މިހާރުގެ ވީޕީ ހުސެން މުހައްމަދު ލަތީފަކީ އަޅުގަނޑު ގަބޫލު ކުރާގޮތުން ވަރަށް އިހުލާސްތެރިކަމާއެކީ އަޅުގަނޑު ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް އިނގޭތޯ؟ ހަމަ އެގޮތަށް މަހިބަދޫ ދާއިރާގެ މެންބަރު ޓޮމް (އަހުމަދު ތޯރިގު) އަކީ އަޅުގަނޑު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި މީހެއް އިނގޭތޯ؟ އަޅުގަނޑު އެޔެއް ޑައުޓެއް ނުކުރަން އިނގޭތޯ؟، ތިންވަނަ ބޭފުޅަކީ ލޯކަލް ގަވަމެންޓު އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް، ހަމަ ވަރަށް އިހުލާސްތެރިކަމާ އެކީ މަސައްކަތް ކުރެއްވި ތިން ބޭފުޅުން މިއީ، އެހެން ބޭފުޅުންގެ ތެރޭގައި ދެން އެއީ ކޮސްމެޓިކް އިނގޭތޯ؟

ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ މިހާރު ކޮންމެ މަގާމެއްގައި ތިއްބެވި ނަމަވެސް ހެޔޮ ހިތުން މަސައްކަތްތަކެއް ކޮށްފައިވާނަމަ އެކަން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ