މޯލްޑިވިއަންގެ މުވައްޒަފުންނަށް "އިންފްލައިޓް ފަޔަރ ފައިޓިންގ ޓްރެއިނިންގ"އެއް ކުރިއަށް ގެންގޮސްފި

މޯލްޑިވިއަންގެ މުވައްޒަފުންނަށް "އިންފްލައިޓް ފަޔަރ ފައިޓިންގ ޓްރެއިނިންގ"އެއް ކުރިއަށް ގެންގޮސްފި

Author
ޙަސަން މުޙައްމަދު
17 އޭޕްރިލް 2024 07:03
0
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މޯލްޑިވިއަންގެ މުވައްޒަފުންނަށް "އިންފްލައިޓް ފަޔަރ ފައިޓިންގ ޓްރެއިނިންގ"އެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި އޭޕްރީލް 15 ވަނަ ދުވަހު ކުރިއަށްެގެންދިޔަ މި ޓްރެއިނިންގގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދީފައިވެއެވެ. އަދި މި ތަމްރީނުގައި މޯލްޑިވިއަންގެ މުވައްޒަފުންނަށް ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދީފައިވެއެވެ. މި ޓްރެއިނިންގައި މޯލްޑިވިއަންގެ ހަތް ޕައިލެޓުން ބައިވެރިވިއެވެ.
މި ޓްރެއިނިންގގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.