މި ފުރުސަތު ގެއްލިއްޖެ ކަމަށްނަމަ ތިބެން ޖެހޭނީ މިއަށްވުރެ ދަތި އުނދުގުލުގަ: ރައީސް ސާލިހު

މި ފުރުސަތު ގެއްލިއްޖެ ކަމަށްނަމަ ތިބެން ޖެހޭނީ މިއަށްވުރެ ދަތި އުނދުގުލުގަ: ރައީސް ސާލިހު

ގުޅުންހުރި

މިމަހު އިންތިޚާބުކުރާ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ދީފިނަމަ ރައްޔިތުން އުޅެންޖެހޭނީ މިހާރަށްވުރެ ދަތި އުނދަގޫ ހާލަތެއްގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެެއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ކުރެންދޫ ދާއިރާއަށް ވާދަކުރަށްވާ ރައީސް ޞާލިހުގެ ކޮއްކޯފުޅު، ޢަލީ ނިޔާޒްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފިނަމަ މިހާރަށްވުރެ ދަތި އުނދަގޫ ހާލަތެއްގައި ރައްޔިތުން އުޅެންޖެހިދާނެ ކަމަށެވެ.

މި ފުރުސަތު ގެއްލިއްޖެ ކަމަށް ވައްޏާ މިހާރު ސަރުކާރުގައި ތިބި ބޭފުޅުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ކަމަށް ވައްޏާ މިއަށް ވުރެ ދަތި އުނދަގުލުގައި އަޅުގަނޑުމެން އުޅެންޖެހޭނީ.

ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ސަރުކާރަށް މެޖޯރިޓީ ދީފިނަމަ ސަރުކާރަށް ތާއިދު ކުރާ މީހަކަށް ނޫނީ ވަޒީފާއެއް ވެސް ނުލިބޭނެ ކަމަށާއި ރައްޔިތުން އުޅެން ޖެހޭނީ "އަޅުންގެ" ގޮތުގައި ކަމަށާއި، އަޅުވެތި ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ މިސްރާބު ހުރީ އަޅުވެތިކަމާއި ދިމާލަށް ކަމަށާއި އެކަން ބަދަލުކުރަން ނުކުންނަންޖެހޭ ކަމަށް ސޯލިހް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ