ސިފައިންގެ ޚާއްޞަ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށަނީ

ސިފައިންގެ ޚާއްޞަ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށަނީ

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 01:49
0

މާލެ ސަރަހައްދުގައި ސިފައިންގެ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ އަސްކަރީ ތަމްރީނު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މާދަމައިން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް ކަމަށެވެ.

މި ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުލެ، ހުޅުމާލެ އަދި މާލޭގައި ކަމަށާއި، އެ ތަމްރީނުގައި ހުޅުމާލެ ފޭސް 2ގައިވެސް އާންމުން ދިރިއުޅޭ ތަންތަނާއި ދުރު ހިސާބުތަކުގައި، ބްލޭންކްސް އަދި ޕައިރޯޓެކްނީކްސް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މާދާމާ ސިފައިންގެ ތަމްރީން ޕްރޮގްރާމްތަކެއް ފަށައިރު، މިމަހުގެ ތެރޭގައިވެސް އިތުރު ތަމްރީންތަކެއް ކުރިން ކުރިއަށް ގެންގޮސްފައިވެއެވެ. އެމްއެންޑިއެފް އިން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތަކަކީ ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއް އޮވެގެން ކުރިއަށްގެންދާ ތަމްރީން ތަކެއް ނޫންކމަށާއި، އެއީ ސިފައިންގެ ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީންތަކެއްކަމށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.