މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ.މުޢިއްޒުގެ އިންތިޚާބީ ހައްގުތަކަށް މިހާއަވަހަށް އަރައިގަންނަމުން ދަނީ މުޢިއްޒުއަށް އޮތް ތާޢީދު ބޮޑުކަމުންކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ނިމެންދެން ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާމެދު ގޮތް ނުނިންމާ އިންތިޚާބު ބަލިވަންދެން ބަހައްޓާއިދިނުމަށް ރައީސް ނަޝިދު އިއްޔެ އެދިވަޑައިގަތުމާއި ގުޅިގެން، ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ޑރ.މުޢިއްޒުގެ އިންތިޚާބީ ހައްގުތަކާއި އިމްތިޔާޒްތަކަަށް އުނިކަން އަންނަހެން މިހާ އަވަހަށް ބިރުދެއްކުމުގެ ނިޔަތުގައި ވާހަކަދައްކަނީ މުޢިއްޒުއަށް އޮތް ތާޢީދު ބޮޑުކަމުންކަމަށެވެ. އަދި އެއީ މުޢިއްޒުއަށް އޮތް ތާޢީދު ބޮޑުކަމުން ރައީސް ނަޝީދު މާސްވެގެން ދައްކަވާ ވާހަކަތަކެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވަނީ މިފަހަރުގެ ކައުންސިލް އިންތިޚާބު ޕީޕީއެމް އިން ކާމިޔާބު ކުރާނެކަމަށްވެސް ވިދާޅުވެފައެވެ.
Male' Mayor kamah PPM in kurimathi lavvaafaivaa @MMuizzu
ge imthiyaazuthakaai inthikhaabee haqquthakah unikan libeygothah, mihaa avahah birudhekkumuge niyathugai vaahaka dhakkanee Dr Muizzu ah thaaeedhu boduvamundhaathee, RN maayoosvegen. #LCE mifaharu PPM kaamiyaabu kuraane. IA.— Adam Shareef Umar (@Adamshareefz) December 18, 2020
މާލެސޓީގެ މޭޔަރުކަމަށް އިދިކޮޅުން ޑރ.މުޢިއްޒު ވާދަކުރައްވާއިރު، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއް ޞައްތާރެވެ. މާލޭގެ މޭޔަރުކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޢިއްޒު ކުރިމަތި ލައްވާނެކަން އިޢުލާން ކުރުމާއި ހަމައިންފެށިގެން އެމްޑީޕީން ގެންދަނީ މުޢިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ