"ޖޯކާ 2″ ގެ ޓީޒާ ދައްކައިލައިފި

"ޖޯކާ 2″ ގެ ޓީޒާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
14 އޭޕްރިލް 2024 10:55
0

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ "ޖޯކާ 2″ ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

"ޖޯކާ 2: ފޮލީ އަ ޑޫ" ގެ ނަން ދީފައިވާ މި ފިލްމުގެ ފުރަތަމަ ޓީޒާގައި މައިގަނޑު ގޮތެއްގައި ގެނެސްދީފައި އޮތީ ޖޯކީން އާއި ބަތަލާ ލޭޑީ ގާގާގެ އާދަޔާހިލާފު ލޯބީގެ ގުޅުމެއްގެ މައްޗަށެވެ.

 

View this post on Instagram

 

A post shared by Joker Movie (@jokermovie)

އިޢުލާނުކުރީއްސުރެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ފިލްމު ކަމަށްވާ ޑީސީގެ މަޝްހޫރު ވިލަން "ޖޯކާ"ގެ ކެރެކްޓާ އަށް ބިނާކޮށް އުފެއްދި ސައިކޮލޮޖިކަލް ތުރިލާ ފިލްމުގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރީ ޓޮޑް ފިލިޕްސް އެވެ.

މި މިއުޒިކަލް ސައިކޮޖިކަލް ތުރިލާ އަކީ ޖޯކީން އަށް އެންމެ މޮޅު އެކްޓަރުގެ އޮސްކާ އެވޯޑް ވެސް ލިބުނެވެ. އެއީ 2019 ގެ "ޖޯކާ" އަށެވެ. ފުރަތަމަ ބަޔާ އެކުގައި ގިނަބަޔަކު މިއަދާ ހަމައަށްވެސް އަންނަނީ މި ފިލްމް އަށް އިންތިޒާރު ކުރަމުންނެވެ.

މި ފިލްމް ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 4 ގަ އެވެ. މި ފިލްމު ހަދާފައި ވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.