މި އެޕްރިލް މަހުގެ 5 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2ގައި ހިންގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ ނިޔާވެއްޖެއެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ހިނގި މި އެކްސިޑެންޓްގައި ޒަހަމްވެ ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލް، 18 އެވެ.
އެ އެކްސިޑެންޓު ހިނގީ ހުކުރު ދުވަހުގެ ހަވީރު، 5:00 ހާއިރު ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ.
ވިޝާލް ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާގައި މިރޭ 12:00 ގަ އެވެ.