ރައީސް ޔާމިން ޖަލަށްލުމުން، ރައީސް ނަޝީދު އުފާ ފާޅުކުރަން ޕާޓީ ބޭއްވި: ޝުޢައިބު

ރައީސް ޔާމިން ޖަލަށްލުމުން، ރައީސް ނަޝީދު އުފާ ފާޅުކުރަން ޕާޓީ ބޭއްވި: ޝުޢައިބު

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 01:13
0

ކުރީގެ ރައީސް އަބްދުުﷲ ޔާމީން ޖަލަށްލުމުން އުފާ ފާޅުކުރައްވާ ޕާޓީ ބޭއްވެވިކަމަށް، އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރުގެ ޝުއައިބު އަލީ ރައީސް ނަޝީދަށް ތުހުމަތުކުރައްވައިފިއެވެ.

އެމްޑީޕީގެ ހަރުގޭގައި އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުުﷲ ޔާމީން ޖަލަށްލުމުން ކީރިތި ކުރެއްވުނުކަމަށާއި، އެމަނިކުފާނު ޖަލުގައި ހުންނަވަން އެދިވަޑައިނުގަންނަވާކަމަށެވެ.

އެވާހަކަތަކަށް ރައްދު ދެއްވަމުން ޝުއައިބު ވިދާޅުވީ، ރައީސް ޔާމީން ޖަލަށް ލުމަށް ޙުކުމް ކުރިދުވަހު ރައީސް ނަޝީދު ޕާޓީ ބާއްވާ އުފާފަޅުކުރިކަމަށެވެ. އަދި އިތުރުފުޅު ނުހެއްދެވުމަށް ރައީސް ނަޝީދަށް އިލްތިމާސްކުރައްވަމުން އޭނާ ވިދާޅުވީ، ގާތް އިޚްލާސްތެރި މީހުންނަށް މަކަރާއި ޙީލަތް ހެދޭނީވެސް ވަކިވަރަކަށްކަމަށެވެ.

އިއްޔެ ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ކުރީގެ ރައީސުން ޖަލަށް ލުމަކީ އެމަނިކުފާނު އެއްވެސް ގޮތަކަށް އެދިވަޑައިގަންނަވާކަމެއްނޫން ކމަށެވެ. އެސަގާފަތް އެމަނިކުފާނުގެ ވެރިިކަމުގައި ދަމަހައްޓަވާފައިވާނެކަމަށްވެސް ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ޖަލަށްލުމަށް ފަހު އެކަމާ އުފާ ފާޅުކޮށްހެދިކަމަށާއި، ނަމަވެސް ރައީސް ާމީން ޖަލަށްލި ދުވަހު އެމަނިކުފާނަށް ކީރިތި ކުރެއްވުނު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށް ލުމުން ރައީސް ނަޝީދު ޕާޓީބާއްވާ އުފާފާޅުކުރެއްވިކަމަށް ޝުއައިބު ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު މިސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ތަކުރާރުކޮށް ފޯރުއްވާ ކަމަށް ތުހުމަތުކުރުން ޝުއައިބު ވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރުކަމުން ވަކިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.