ވިލިނގިލީގައި ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަނީ

ވިލިނގިލީގައި ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަނީ

Author
އަހުމަދު
13 އޭޕްރިލް 2024 03:51
0

ގއ. ވިލިނގިލީގައި ސިހުރު ހެދި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ވިލިނގިލީގައި ސިހުރު ހަދާ ކަމަށް ބުނާ މައްސަލަައެއް މިމަހުގެ 10 ވަނަ ދުވަހުގެރޭ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ވިލިނގިލީގައި ސިހުރު ހަދާ މީހާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ އެ ސިހުރު ހަދާ ކަމަށް ބުނާ މީހާގެ ފަހަތުން އެ ރަށުގެ ބަޔަކު ހިނގާފައި ދާ ތަނެވެ.

ސިހުރު ހަދާ ކަމަށް ބުނާ މީހާގެ ސޯޓު ތެރެއަށް އެއްޗެއް ލައި ފޮރުވައިގެންދާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. ފޮރުވައިގެން ގެންދިޔައީ ސިހުރު ހެދުމަށްފަހު ކަފުން ކުރަން ގެންދާ އެއްޗެއް ކަމަށް ވެސް ވީޑިއޯގައި ވާހަކަ ދައްކާ މީހުން ބުނެފައިވެ އެވެ. އެމީހާ ގޮސް އިށީނީ އައްޓެއްގައި ހުރި ޖޯއްޔެއްގައެވެ.

އޭގެ ފަހުން ފުލުހުން އައިސް އެމީހާ ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރު ވެސް ފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.