ޗައިނާއިން ފަތުރުވެރިން އަންނަމުންދާ ނިސްބަތަށް ބޮޑު ކުރިއެރުމެއް

ޗައިނާއިން ފަތުރުވެރިން އަންނަމުންދާ ނިސްބަތަށް ބޮޑު ކުރިއެރުމެއް

Author
ހުސައިން
11 އޭޕްރިލް 2024 01:59
0

ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ނިސްބަތަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެއެވެ.

އެގޮތުން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ ގޮތުގައި މި އަހަރު ފެށުނު ފަހުން މިހާތަނަށް ޗައިނާއިން އައި ޓޫރިސްޓުންގެ އަދަދު 71،000 އިިން މައްޗަށް ވަނީ އަރާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 9 އާ ހަމައަށް އެ ގައުމުން ޖުމްލަ 71،136 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މި އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ޓޫރިސްޓުންގެ 10.9 ޕަސެންޓެވެ.

މި މަހުގެ 9 އާ ހަމައަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 650،404 އެވެ.

ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ އިރު، އެ ގައުމަކީ މިދިޔަ އަހަރު ތިން ވަނަ އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ތިން ގައުމަށް ބަލާ އިރު، ޗައިނާގެ ފަހަތުން ދެވަނައިގައި އޮތީ ރަޝިއާ އެވެ. ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ރަޝިއާ އިން މިހާތަނަށް 65،898 ޓޫރިސްޓުން އައިސްފައިވާ އިރު، އިނގިރޭސިވިލާތުން 65،731 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ މަދުވެގެން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

މިދިޔަ އަހަރު ރާއްޖެ 1.8 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައި އިރު، އެއް ވަނަ މާކެޓަކީ އިންޑިއާ އެވެ. ނަމަވެސް މި އަހަރު ފެށުނު ފަހުން އެ ގައުމުގެ ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.