މިއަހަރު މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި ބަހަނީ މީހަކަށް 8000 ރުފިޔާގެ މަގުން

މިއަހަރު މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި ބަހަނީ މީހަކަށް 8000 ރުފިޔާގެ މަގުން

ގުޅުންހުރި

މިއަހަރު މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8000 ރުފިޔާގެ މަގުން ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ މާލޭ މިއަހަރު ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު އިތުރު ވެފައިވާތީ ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ މީހުންނަށް މީހަކަށް ބޮލަކަށް 8،000 ގެ މަހުން ބަހަން ފަށާފައިވާ ކަމަށެވެ. އަދި އެފައިސާ ޖަމާވާނީ އެމީހުންގެ އެކައުންޓަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފައިސާ އިއްޔެވަނީ ބަހަން ފަށާފައެވެ.

ޝަހީމް ވިދާޅުވީ ފިތުރު ޒަކާތް ލިބޭ މީހުންގެ ތެރޭގައި ކުޑަކުދިން ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ މަރުކަޒުތަކުގައި ތިބި މީހުންނާއި، އެކި ސަބަބުތަކާއި ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބިދަރިން ނިކަމެތިވެފައިވާ އާއިލާތަކާއި، އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބިދަރިންނަށް ނިކަމެތިކަން މެދުވެރިވެފައިވާ މީހުންގެ އާއިލާތަކާއި، ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ މީހުންގެ މަރުކަޒުގައި ތިބި މީހުންވެސް ހިމެނޭ ކަމުގައެވެ.

މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ ލިބުނު އަދަދި ޒަކާތު ހައުސްއިން އަދި ހާމަނުކުރިނަމަވެސް ރޯދަމަހުގެ ފުރތަމަ 20 ނިމުނުއިރު ޒަކާތުގެ ގޮތުގައި 4.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ގޮވާމުގެ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ތަކެތިވެސް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ