ސަލްމާންގެ ތައުރީފު ޅިޔަނަށް

ސަލްމާންގެ ތައުރީފު ޅިޔަނަށް

Author
ފާތިމަތު ނާވީ
09 އޭޕްރިލް 2024 05:41
0

ބޮލީވުޑްގެ ސުޕަސްޓާރު ސަލްމާން ހާންގެ އޭނާގެ ޅިއަނު އާޔުޝް ޝަރުމާ އަށް ވަރަށް ތައުރީފް ކޮށްފިއެވެ.

އެކްޓަރު އާޔޫޝް ޝަރުމާ ތިން ވަނަ ފިލްމު "ރުސްލާން" އާ އެކީ ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވަމުން އަންނަ އިރު، އޭގާއި އޭނާ ކުޅެފައިވަނީ އެކްޝަން ރޯލެކެވެ.

މި ރޯލުގެ މޮޅުކާމާއި އަޔޫސް ގެ އެކްޓިންގެ ހުނަރުގެ މޮޅުކަމަށް ސަލްމާން ވަނީ ވަރަށް ތައުރީފްކޮށް ސޯޝަލް މީޑީއާގައި ޕޯސްޓެއް ކޮށްފައިއެވެ. އާޔޫޝްގެ "ރުސްލާން" މި މަހުގެ 26 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ އިރު، އެ ފިލްމްގައި އަޔޫޝް ކޮށްފައިވާ ބުރަ މަސައްކަތް ފެންނަ ކަމަށް ސަލްމާން ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by A (@arpitakhansharma)

އާޔޫޝް އަކީ ސަލްމާންގެ ޅިޔަނެކެވެ. އޭނަގެ އަންހެނުން އަރްޕިތާ ޚާނަކީ ސަލްމާންގެ ކޮއްކޮއެކެވެ. އާޔޫޝް ބޮލީވުޑަށް ނުކުތީ ސަލްމާން ޕްރޮޑިއުސްކުރި 2018 ގެ "ލަވްޔަތުރީ" އިންނެވެ. އޭގެ ފަހުން 2021 ގެ "އަންތިމް" ގައި ސަލްމާނާ އެކީ އާޔޫޝް މަސައްކަތްކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.