ޑރ.މުޢިއްޒު ބަލިނުކުރެވޭނެކަން ރައީސް ނަޝީދަށް ކަށަވަރުކުރެވިއްޖެ: އަދުރޭ

ޑރ.މުޢިއްޒު ބަލިނުކުރެވޭނެކަން ރައީސް ނަޝީދަށް ކަށަވަރުކުރެވިއްޖެ: އަދުރޭ

Author
މުޙައްމަދު ޖިމީ
19 ޑިސެމްބަރ 2020 10:27
0

މާލެސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބުން ބަލި ނުކުރެވޭނެކަން މިހާރު ރައީސް ނަޝީދަށް ކަށަވަރުވެއްޖެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ނިމެންދެން ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާމެދު ގޮތް ނުނިންމާ އިންތިޚާބު ބަލިވަންދެން ބަހައްޓާއިދިނުމަށް ރައީސް ނަޝިދު އިއްޔެ އެދިވަޑައިގަތުމާއ ގުޅިގެން ރައްދު ދެއްވާ ކުރެއްވ ޓްވީޓެއްގައެވެ.

އަދުރޭ ވިދާޅުވީ، މާލެސިޓީގެ މޭޔަރުކަމަށް ޕީ.ޕީ.އެމްގެ ޓިކެޓުގައި ވާދަ ކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ، ޕީ.ޕީ.އެމްގެ ނައިބް ރައީސް ޑރ.މުޢިއްޒު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުން ބަލި ނުކުރެވޭނެކަން ރައީސް ނަޝީދަށް ކަށަވަރުވެއްޖެކަމަށެވެ. ކިތަންމެ ބިރެއް ދެއްކިޔަސް މުޢިއްޒު ފަހަކަށްޖެހިވަޑައެއް ނުގަންނަވާނެކަމަށާއި، މިއީ މުޢިއްޒުގެ ފަހަރުކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މާލެސޓީގެ މޭޔަރުކަމަށް އިދިކޮޅުން ޑރ.މުޢިއްޒު ވާދަކުރައްވާއިރު، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއް ޞައްތާރެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާކަން ޑރ.މުޢިއްޒު ހާމަކުރެއްވުމާއި ހަމައިންފެށިގެން ރައީސް ނަޝީދު ގެންދަވަނީ އެކި ޕްލެޓްފޯމްތަކުގައި މުޢިއްޒުއަށް ބަހުގެ ހަމަލާތައް އަމާޒުކުރައްވަމުންނެވެ. އަދ ބޭއަދަބީކޮށް "ހޮޅި މުޢިއްޒު"ކަމަށްވެސް ރައީސް ނަޝީދު ޑރ.މުޢިއްޒުއަށް މުޚާޠަބުކުރައްވާ ވިދާޅުވެފައިވެއެވެ.

އިއްޔެ އެމްޑީޕީ ހަރުގޭގަިއ ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޑރ.މުޢިއްޒުގެ މައްޗަށް އުފުލާފައިވާ މައްސަލައެއް އެބައޮތްކަމަށާއި،  އެއީ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއް ނަމަވެސް އިންތިހާބުން މުއިއްޒު ބަލި ވަންދެން ބަހައްޓައް ދިނުމަށް އެދިވަޑައިގަންނަވާކަަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާލުވެފައިވާއރު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ (ނޫމަޑި) ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން ޑރ.މުޢިއްޒު މިއަހަރުގެ ޖޫން މަހުގެ14 ގައި ދޮގު ބަޔާނެއް ދީފައިވާ މައްސަލާގައި ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފައެވެ. މިއީ ޑރ.މުޢިއްޒު މާލެ ސޓީގެ މޭޔަރުކަމަށް ވާދަކުރައްވާތީ އިންތިޚާބުގައި ވާދަކުރުމަށް ހުރަސް އެޅުމަށް އުފުލި ދައުވައެއްކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.