އުއްމީދުކުރި ވަރާއިގާތަށްވެސް އޭސީސީއިން ނަތީޖާ ފެންނަމުން ނުދާކަމަށް ވިދާޅުވެ، އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) އޭސީސީއަށް ފާޑުވިދާޅުވެއްޖެއެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބެލުމުން ޤާނޫނުން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކޮރަޕްޝަންގެ މައްސަލަތައް ނުބަލާކަމަށާ ބުނެ މިސަރުކާރު އައިސް ވަނީ އެކޮމިޝަންގެ ހުރހާ މެންބަރުން ބަދަލުކޮށް އައު މެންބަރުން އެކޮމިޝަނަށް އައްޔަންކޮށްފައެވެ. ނަމަވެސް އައު މެންބަރުން އައްޔަންކުރި ހިސާބުން ފެށިގެންވެސް، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުންނާއި، އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އޭސީސީއަށް ފާޑުވިދާޅުވަމުންނެވެ.
އޭސީސީއަށް ފާޑުވިދާޅުވަމުން މެންބަރު ވަޙީދު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމުގެ ވަޢުދުގެ ގިނަ ކަންކަން ޤާނޫނީގޮތުން ހަވާލުކުރެވިފައިވާ އޭޖެންސީއަކީ އޭސީސީކަމަށާއި، ޤާނޫނީ އިތުރު ބާރުދީ، ކުރީގެ މެމްބަރުން ބަދަލުކޮށް އާ ކޮމިޝަނެއް އެކުލަވާލާފައިވާކަމަށެވެ. އެހެންނަމަވެސް އަދިވެސް އުއްމީދުކުރި ވަރާ ގާތްކުރާ ނަތީޖާއެއްވެސް ފެންނަމުން ނުދާކަމަށް އޭނާ ވިދާޅުވިއެވެ.
ކޮރަޕްޝަން ހުއްޓުވުމުގެ ވަޢުދުގެ ގިނަ ކަންކަން ޤާނޫނީގޮތުން ހަވާލުކުރެވިފައިވާ އޭޖެންސީއަކީ އޭސީސީއެވެ. ޤާނޫނީ އިތުރު ބާރުދީ، ކުރީގެ މެމްބަރުން ބަދަލުކޮށް އާ ކޮމިޝަނެއް ވަނީ އެކުލަވާލެވިފައެވެ. އެހެންނަމަވެސް އަދިވެސް އުއްމީދުކުރި ވަރާ ގާތްކުރާ ނަތީޖާއެއްވެސް ފެންނަމުން ނުދެއެވެ.
— Waddey (@waddey_) December 18, 2020
އޭސީސީން ނަތީޖާ ދައްކަމުން ނުދާކަމަށް ވިދާލުވެ އެތައް ފަހަރަކު މަޖިލީހަށް އޭސީސީގެ މެންބަރުން ޙާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަދި އޭސީސީން ބަލަމުންދަނީ ކުދި ކުދި މައްސަލަތައްކަމަށާއި، ދައުލަތަށް ގެއްލުންވެފައިވާ އަދި ފައިސާގެ ބޮޑެތި މައްސަލަތައް ބަލަމުން ނުދާކަމަށްވެސް އޭސީސީއަށް ފާޑުވިދާޅުވާ މިސަރުކާގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަދި އޭސީސީން ތަޙުގީގްކޮށް ދައުވާކުރަން ފޮނުވާ މައްސަލަތަކުގައި ދައުވާކުރެވޭވަރާއި ގާތަށްވެސް ހެކި ނުހުންކަމަށް ޕީޖީ ވިދާޅުވެފައިވާއިރު، އޭސީސީން ތަހުގީގްކުރާ މައްސަލަތަކުގެ ފެންވަރާމެދުވެސް ޕީޖީއާއި މިސަރުކާރުގެ އިސް ބޭފުޅުން އަދި މަޖިލީހުގެ މެންބަރުން ގެންދަވަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ރާއްޖެއަށް ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭކަމށް ބުނެ 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީޢަށް ފޮނުވި މައްސަލަވެސް އަނބުރާ އޭސީސީއަށް ވަނީ ފޮނުވާލާފައެވެ. މިކަމާއި ގުޅިގެންވެސް މެންބަރުން ހިތހަމަނުޖެހުން ފާޅުކުރައްވާ އޭސީސީޢަށް ބަހުގެ ޙޫނު ހަމަލާތައް ރައްދުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ