"ފުރަތަމަ އެކުވެރިން" ސިޔާސަތު ދެމެހެއްޓުމުގައި އިންޑިއާ ދެގޮތެއްނުވެ ދެމި އޮންނާނަން: ޖައިޝަންކަރު

"ފުރަތަމަ އެކުވެރިން" ސިޔާސަތު ދެމެހެއްޓުމުގައި އިންޑިއާ ދެގޮތެއްނުވެ ދެމި އޮންނާނަން: ޖައިޝަންކަރު

އިންޑިއާ އޮތީ "ފުރަތަމަ އެކުވެރިން" އަދި "ސަރަހައްދީ ރައްކާތެރިކަމުގެ" ސިޔާސަތު ދެމެހެއްޓުމުގައި ދެގޮތެއް ނުވެ ކަމުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު މިހެން ވިދާޅުވީ ދިވެހި ސަރުކާރުގެ އެދުމަކަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ޒަރޫރީ ކާބޯތަކެއްޗާއި ހިލަ އާއި ހިލަވެލީގެ ކޯޓާ އިތުރުކޮށް ދިނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ލިބިގެންދިޔަ ފުރުސަތެއްކަމުގައި ވިދާޅުވެ ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ކުރެއްވި އެކްސް ޕޯސްޓަށް ރައްދު ދެއްވަމުންނެވެ.

ޖައިޝަންކަރު ވިދާޅުވީ އިންޑިއާ ދެމި އޮންނާނީ ސަރަހައްދީ ގައުމުތަކަށް އިސްކަން ދިނުމުގެ އިތުރުން، ސެކިއުރިޓީ އެންޑް ގްރޯތު ފޮރ އޯލް އިންދަ ރީޖަން (SAGAR) ސިޔާސަތު ދެމެހެއްޓުމުގައި ދެގޮތެއްނުވެ ކަމުގައެވެ.

ސެކިއުރިޓީ އެންޑް ގްރޯތު ފޮރ އޯލް އިންދަ ރީޖަން (SAGAR) ސިޔާސަތަކީ އިންޑިއާގެ ސަމާލަތާއި ސުލްޙައަށްޓަކާ، އިންޑިއަން އޯޝަން ރީޖަންގެ ގައުމަތުގެ މެދުގައި މެރިޓައިމްގެ ދާއިރާއިން ގުޅުން ގާއިމްކުރުމަށް އެކުލަވާލާފައިވާ ސިޔާސަތެކެވެ.

 

ރާއްޖެ އާއި އިންޑިއާ އާ ދެމެދު 1981 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން، އިންޑިއާ އިން ރާއްޖެ އަށް ޒަރޫރީ ކާބޯތަކެއްޗާއި ހިލަ އާއި ހިލަވެލީގެ ކޯޓާ އިތުރުކޮށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން ކުރެއްވި އެކްސް ޕޯސްޓެއްގައި، ދިވެހި ސަރުކާރުގެ އެދުމަކަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ޒަރޫރީ ކާބޯތަކެއްޗާއި ހިލަ އާއި ހިލަވެލީގެ ކޯޓާ އިތުރުކޮށް ދިނުމަކީ ދެގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް ލިބިގެންދިޔަ ފުރުސަތެއްކަމުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިއްޔެވަނީ ވިދާޅުވެފައެވެ.

ޒަމީރުގެ އެކްސް ޕޯސްޓުގައި ވަނީ އިންޑިއާ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން އެގައުމުގެ އެކްސްޓާނަލް މިނިސްޓަރ ޖަިޝަންކަރުއަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށެވެ. ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް ވަނީ އިތުުރުކޮށްދީފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު 1981 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން މިއީ ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ކަނޑައެޅި ފަހަރު ކަމަށެވެ. ކާބޯތަކެތީގެ އިތުރުން ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް ވަނީ އިތުުރުކޮށްދީފައެވެ.

ހައި ކޮމިޝަންގެ ބަޔާނުގައިވާ ގޮތުން ހިލަ އާއި ހިލަވެލީގެ  ކޯޓާ ވަނީ 1 މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައެވެ. މިއީ %25 ގެ ކުރިއެރުމެކެވެ. މިއީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އިތުރު ދިރުމެއް ލިބޭނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ %5 އިތުރުކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އިންޑިއާ އިން އުފައްދާ ހަނޑޫ، ހަކުރު އަދި ފިޔާ ބޭރުކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް އިރު ވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް އެ ތަކެތި އެކްސްޕޯޓްކޮށްފައެވެ.

ރާއްޖެއަށް ހަމަޖައްސާފައިވާ ކޯޓާއަކީ:

ބިސް: 427 މިލިއަން

އަލުވި: 21،513.08 މެޓްރިކް ޓަނު

ފިޔާ: 35،749.13 މެޓްރިކް ޓަން

ހަނޑޫ: 124،218.36 މެޓްރިކް ޓަން

ގޮދަން ފުށް: 109،162.96 މެޓްރިކް ޓަން

ހަކުރު: 64،494.33 މެޓްރިކް ޓަން

މުގު: 224.48 މެޓްރިކް ޓަން

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީ އިން އާއްމުކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 2024-2025 އަހަރުގެ ތެރޭ އިންޑިއާ އިން މި ތަކެތި ބޭރުކުރުން މަނާކުރަން ނިންމި ނަމަވެސް، ރާއްޖެ އަށް ކަނޑައަޅާފައިވާ ކޯޓާގެ ދަށުން ރާއްޖެ އަށް މި ތަކެތި އެކްސްޕޯޓު ކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *