ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

Author
އަހުމަދު
05 އޭޕްރިލް 2024 04:18
0

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ހިލާލީގެއަށް ބަދަލުވެވަޑައިގެންފިއެވެ.

އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން މިވީ ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަހު އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އާއިލާއާ އެކީގައި އަމިއްލަ އެޕާޓްމަންޓެއްގައެވެ.

ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެވަޑައިގަތުން ފަސް ކުރެއްވީ އެ ގެ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހިގެންނެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިލާލީގޭގައި އުޅުއްވި ދުވަސްވަރު ވެސް އެ ގެ ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހުނެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަ ޖެހުމާއި ވާރޭ ވެހިއްޖެ ނަމަ ފެން ފޭބުމުގެ މައްސަލަތައް ކުރިމަތިވެ، އެ ކަންކަމަށް ވަގުތީ ހައްލުތަކެއް ގެންނަން ޖެހުނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަ ގެކޮޅު ކަމުގައިވާ މ. ދިމްޔާތުގައި ހުންނެވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހުގައެވެ. އެ ގެއަށް އެމަނިކުފާނު ބަދަލުވެވަޑައިގެންނެވީ ވަރަށް ބޮޑަށް އެ ގެ މަރާމާތު ކުރުމަށް ފަހުގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.