ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމް.ޑީ.ޕީގެ ދޯހަޅި އިޤްތިޞާދީ ސިޔާސަތަށް ނޫނެކޭ ބުނެގެން ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވެއްޖެއެވެ.
މިއަދު އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމުގައެވެ.
އަދި ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާ އެކު އެ ފަންޑަށް 35 މިލިއަން ޑޮލަރު މި ސަރުކާރުން މިހާރު ޖަމާކޮށްފައި ހުންނާނެ ކަމަން ފާހަގަ ކޔރައްވަމުން ލައްމާން ވިދާޅުވީ، ރައީސް ޑރ މުޢިއްޒުގެ މާލީ ސިޔާސަތު ހަރުދަނާވާނެ ކަމުގައެވެ.
ދައުލަތުގެ މާލިއްޔާ ހަރުދަނާ ވާނީ އެމް.ޑީ.ޕީގެ ދޯހަޅި އިޤްތިޞާދީ ސިޔާސަތަށް ނޫނެކޭ ބުނެގެން. މިސަރުކާރާ ހަވާލުވިއިރު ބޭރުގެ ދަރަނި ދައްކަން އުފައްދާފައިވާ ޑޮލަރު ރައްކާކުރާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު. ފައިސާ ޗާޕު ނުކޮށް، މަޝްރޫއުތައް ހިންގުމާ… pic.twitter.com/3PhLlgl3OF
— Lam’aan (@mohamedlamaan) April 4, 2024
ލައްމާން ވިދާޅުވީ މުސްތަޤުބަލައް ވިސްނައި، "ދިވެހީންގެ ރާއްޖެ" މަޖިލީހަށް ހޮވަންވީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ކެނޑިޑޭޓުންކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
މިހާރު ކުރިޔަށްދާ މަޖިލސް ކެމްޕޭންގައި ރައީސް މުއިއްޒުވެސް ވިދާޅުވަމުން ގެންދަވަނީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ހުއްޓުމަކަށް އަޔަ ނުދީ ކުރިޔަށް ގެންދިއުމަށްޓަކާ ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ބޭނުންވާކަމުގައެވެ.