މި ރޯދަމަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ޒަކާތުގެ ގޮތުގައި .44 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އާންމުންނަށް ފަސޭހައިން ޒަކާތް ދެއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ތަފާތު ޕްލެޓްފޯމްތައް ބޭނުން ކޮށްގެން ޒަކާތް ދެއްކުމުގެ އިންތިޒާމްތައް ވަނީ ހަމަޖެއްސިއްފައެވެ. އަދި މި ޕްލެޓްފޯމްތަކަށް އަހުލުވެރި ނޫން މީހުންނަށް އިސްލާމިލް މިނިސްޓްރީގެ ހޯލުގައި ވަނީ ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސާފައެވެ.
ޒަކާތު ހައުސްއިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އޮންލައިންކޮށް އެކި ޕްލެޓުފޯމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ޒަކާތު ދައްކާފައިވަނީ ބީއެމްއެލް މެދުވެރިކޮށެވެ. އަދި ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.
މިހާތަނަށް ދައްކާފައިވާ ފިޠުރު ޒަކާތުގެ ފައިސާގެ ތަފްސީލް
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާ: 408324 ރުފިޔާ
ބޭންކް އޮފް މޯލްޑިވްސް: 2.2 މިލިއަން ރުފިޔާ
މޯލްޑިވްސް އިސްލާމިކް ބޭންކް: 739219 ރުފިޔާ
ބަނޑޭރި ޕޭ: 317404 ރުފިޔާ
ދިރާގު: 191469 ރުފިޔާ
އުރީދޫ: 177310 ރުފިޔާ
ފަހިޕޭ: 380719 ރުފިޔާ
ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 63389 މީހުން އާދައިގެ ހަނޑުލުން ޒަކާތް ދައްކާފައިވެއެވެ. އަދި ބާސްމަތީ ހަނޑުލުން 14567 މީހުން ޒަކާތް ދައްކާފައިވާއިރު، އެންމެ މޮޅު ހަނޑުލުން ޒަކާތް ދައްކާފައިވަނީ 10779 މީހުންނެވެ. އަދި އާޓާ ފުށާއި އާދައިގެ ފުށުން ވެސް ބައެއް މީހުން ވަނީ ޒަކާތް ދައްކާފައެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ، އާދައިގެ ހަނދޫ، ތައި ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަންފުށް އަދި އާޓާ ފުށެވެ.