އާރިއާން ގެ ލޯބިވެރިއަކީ ބްރެޒިލް ގެ ބަލާތާއެއް

އާރިއާން ގެ ލޯބިވެރިއަކީ ބްރެޒިލް ގެ ބަލާތާއެއް

Author
ފާތިމަތު ނާވީ
04 އޭޕްރިލް 2024 02:24
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން ގެ ދޮށީ ފިރިހެން ދަރިފުޅު އާރިޔާން ހާން މިހާރު ބްރެޒިލްގެ ބަތަލާއަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

25 އަހަރުގެ އަރިއަން ރައްޓެހިވެގެން އުޅެނީ އިންޑިއާގެ ބައެއް ފަންނާނުންނާ އެކީ މިއުޒިކް ވީޑިއޯތަކެއް ވެސް ކުޅެފައިވާ ބްރެޒިލް ގެ ބަތަލާ ލަރީސާ ބޮނެސީއާ ކަމަށް މީޑިއާއިން ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Larissa Bonesi (@larissabonesi)

އަދި ދެމީހުން ގެ އާއިލާގެ ގުޅުން ވެސް ބަދަހި ވެފައިވާ ކަމަށާއި މި ފަހުން ލަރީސާ ގެ މަންމަ ގެ އުފަންދު އާރިއަން އަގުބޮޑު ހަދިޔާ ތަކެއް ވެސް ފޮނުވައިފައިވާ ކަމަށް މީިޑިއާއިން ވަނީ ރިޕޯޓް ކޮށްފައިއެވެ.

ނަމަވެސް އަރިއަން އާއި ލަރީސާ ދިމާވީ ކޮން އިރަކު ކޮންތާކުން ކަމެއް ސާފުނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު މިދިޔަ އަހަރު އަރިއަން "ޑި’ޔަވޯލް" ގެ ނަމުގައި ލޯންޗްކުރި ލަގްޒަރީ ސްޓްރީޓްވެއާ ކްލޯތިން ބްރޭންޑްގެ މޮޑެލްއެއްގެ ގޮތުގައި ލަރީސާ ހިއްސާވެފައިވެ އެވެ.

 

View this post on Instagram

 

A post shared by D’YAVOL X (@dyavol.x)

ލަރީސާ، 34، ވަނީ ގުރޫ ރަންދަވާ އާއި ވިޝާލް މިޝްރާގެ އިތުރުން ސްޓެބިން ބެންއާ އެކީ ވީޑިއޯ ލަވަތަކެއް ކުޅެފަ އެވެ. އަދި އިންޑިއާގެ ބައެއް އިޝްތިހާރުތަކުގައި ވެސް އޭނަ ހިއްސާވެފައިވެ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.