އއ. ތޮއްޑޫއަށް މޯލްޑިވިއަންއިން ސީ ޕްލޭން ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޚިދުމަތް ފެށުމަށް ބޭނުންވާ ސާވޭއަށް އެ ހެދުމަށް މޯލްޑިވިއަންގެ ސީޕްލޭންއެއް އެރަށް ރަށަށް ގޮސްފައިވާ ކަމަށެވެ.
މިއީ ދިގު އިންތިޒާރަކަށް ނިމުމެއް ކަަމަށާއި ޚިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އުއްމީދުކުރާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"ވަރަށް އަވަހަށް ހިދުމަތް ފެށޭނެ ކަމަށް އުއްމީދު ކުރަން،" ކަރަމް ވިދާޅުވި އެވެ.
މާފުއްޓަށް ފަހު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރަނީ ތޮއްޑޫއަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 100-150 ޓޫރިސްޓުން އެ ރަށަށް ޒިޔާރަތް ކުރެއެވެ.
މޯލްޑިވިއަނުން އަންނަނީ ލޯކަލް ޓުއަރިޒަމަށް އެހީތެރިވުމުގެ ގޮތުން އިތުރު ސީ ޕްލޭން ރޫޓްތަކެއް ތައާރަފް ކުރަމުންނެވެ. އެގޮތުން ށ. ފުޅަދޫއަށް ވެސް އެ އެއާލައިނުން ދަތުރު ކުރެ އެވެ.
ކޮމެންޓު ފޮނުވާ