އަސަދް އާއި ޒާރާ އަށް އަންހެން ކުއްޖެއް ލިބިއްޖެ

އަސަދް އާއި ޒާރާ އަށް އަންހެން ކުއްޖެއް ލިބިއްޖެ

Author
ފާތިމަތު ނާވީ
03 އޭޕްރިލް 2024 10:06
0

ޕާކިސްތާން ގެ މަޝްހޫރު ދެތަރިން ކަމުގައިވާ ޒާރާ ނޫރު އައްބާސް އާއި އަސަދް ސިއްދީގީ އަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

ސޯޝަލް މީޑީއާގައި އެމީހުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންނަށް އަންހެން ކުއްޖަކު ލިބިފައިވާ ކަމަށާއި ޒަރާ ވިހައިފައިވަނީ މިދިއަ މަހުގެ 27 ވަނަ ދުވަހުގައި ކަމަށެވެ.

މީ ޒާރާ އާއި އަސަދުގެ ފުރަތަމަ ދަރިފުޅެވެ. އެމީހުން އެކުއްޖާ އަށް ކިޔައިފައިވަނީ ނޫރް ޖަހާން ސިއްދީގީއެވެ. ޒާރާ އޭނާ ބަނޑުބޮޑުކަން އިއުލާން ކޮށްފައިވަނީ މިދިއަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގައިއެވެ.

ޒާރާ އަދި އަސަދް އަކީ ވެސް ޕާކިސްތާން ގެ މަޝްހޫރު ދެ ތަރިންނެވެ. ފިލްމީ އާއިލާ އަކަށް ނިސްބަތްވާ ޒާރާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ސްޓޭންޑަޕް ގާލް" އިންނެވެ. އަނެއްކޮޅުން އަސަދު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ސިޔާހް" އިންނެވެ.

33 އަހަރުގެ ޒާރާ އާއި 36 އަހަރުގެ އަސަދް ކައިވެނި ކުރީ 2007 ވަނަ އަހަރުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.