Author
ފާތިމަތު ނާވީ
01 އޭޕްރިލް 2024 11:45
0

އަނެއްކައިވެސް މުޅިން އާ ޖޯޑެއް ބޮޑު ސްކްރީން އަށް އަންނަން ތައްޔާރު ވެއްޖެއެވެ. ޒުވާން ދެ ތަރިން ކަމުގައިވާ ވަރުން ދަވަން އާއި މުރުނާލް ޓާކުރް ގެ ޖޯޑު ބޮޑު ސްކްރީން އަށް ގެންނަން މަސައްކަތް ކުރަމުން ދަނީ ވަރުން ގެ ބައްޕަ ޑޭވިޑް ދަވަންއެވެ

މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން މި އަހަރުގެ މެއި/ޖޫން ހިސާބުގައި ފަށަން ތައްޔާރީތައްވަމުން އަންނަ އިރު، ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ރިޕޯޓް ތަށް އަންނަނީ ބުނަމުންނެވެ.

މި ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ކެޓްރީނާ ކައިފްގެ "މެރީ ކްރިސްމަސް" ގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ އެއްޗެކެވެ. މި ފިލްމް އިން ދެތަރިން ފެނިއްޖެ ނަމަ މި ފިލްމް ވެގެން ދާނީ މުޅިން އަލަށް ދެތަރިން އެކުގައި ފެނިންދާ ފިލްމްއަށެވެ.

ވަރޫންއާ އެކީ ޑޭވިޑް ހަދަން ތައްޔާރުވަމުން އަންނަ އާ ފިލްމަކީ ދެބަފައިން އެކީގައި މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. އެ ދެ މީހުން އެންމެ ފަހުން އެކީގައި ގެނެސްދިނީ 2020 ގެ "ކޫލީ ނަމްބަރު 1″ އެވެ. އޭގެ ކުރިން "ޖުޅުވާ 2″ އަދި "މޭ ތޭރާ ހީރޯ" ގެނެސްދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.