ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ފޯރުކޮށް ދިނުމަށް ޔޫއެންގެ ސެކެޓްރީ ޖެނެރަލް ގޮވާލައްވައިފި

ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ވެކްސިން ފޯރުކޮށް ދިނުމަށް ޔޫއެންގެ ސެކެޓްރީ ޖެނެރަލް ގޮވާލައްވައިފި

Author
ހުސެއިން
19 ޑިސެމްބަރ 2020 06:11
0

ދުނިޔޭގެ މުއްސަދި ގައުމުތަކުން، އެގައުމުތަކުގެ ރައްޔިންނަށް ވެކްސިޖެހުމަށް އަވަސް ވެގެންފައިވާއިރު، ދުނިޔޭގެ ފަގީރު ގައުމުތަކުގައި ދިރި އެޅެމުން އަންނަ އެތައް މިލިއަން މީހުންގެ މަތިން ހަދާން ނައްތާ ނުލުމަށް، އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭން ގޮވާލައްވައިފިއެވެ.

ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލިހުގައި ވާހަކަފުޅު ދައްކަވަމުން އެންޓޯނިއޯ ގުޓަރޭސްވަނީ، އެމެރިކާގެ ފައިޒާ ކުންފުންޏާ ގުޅިގެން ކޯވިޑް ވެކްސިން އިޖާދުކުރި އެއް ކުންފުނި ކަމުގައިވާ، ޖަރުމަނު ވިލާތުގެ ބައޯއެންޓެކް ކުންފުންޏަށް ވަރައް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ބައޯއެންޓެކް ކުންފުނިން ކޯވިޑް19އާއި ދެކޮޅަށް މި ހޯދި ހޯދުންތަކަށްޓަކާ، މުޅި ޖަރުމަނު ފަޚުރުވެރި ވާނެކަކުގައެވެ.

ގުޓަރޭސް ވަނީ، މިވެކްސިނަކީ އާންމުކޮށް ލިބެން ހުންނަ ވެކްސިނަކަށް ހެދުމަށް ގައުމުތަކަށް ގޮވާލައްވާފައެވެ. އަދި ދުނިޔޭގެ ކޮންމެތާކު ހުއްޓަސް ކޯވިޑް19 ވެކްސިން ލިބެންޖެހޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، އދއިން ވަނީ، މީހުންގެ ހިތްކުގައި ކޯވިޑް19 ވެކްސިނަށް އިތުބާރު އުފައްދާ، އަދި ވެކްސިން ޖެހުމަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖައްސާފައެވެ. އަދި ވިދާޅުވީ މިމަސައްކަތްތައް ކުރެވިގެން ދާނީ، ސައިންސުގެ އަލީގައި ލިބިފައިހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް، ވެކްސިނާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކުގެ މަސައްކަތްތަކަށް އަމާޒު ކުރެވިގެން ކަމުގައެވެ.

ގުޓަރޭސްވަނީ، ޖަރުމަނުވިލާތުގެ ޗާންސެލާ އެންޖެލާ މާކަލް، ކޯވިޑް19 ކާރިސާއިން އެގައުމު ސަލާމަތް ކުރުމަށް ކުރެއްވި މަސައްކަތްތަކަަށް ވެސް ތައުރީފް ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޖަރުމަނަށް މިކާރިސާއިން އަރައިގަނެވުނީ، ސާބިތުވެ ހުންނަވައިގެން، ވިސްނުންތެރިކަމާ އެކު އެގައުމުގެ ޗާންސެލަރ، ކުރެއްވި، މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

"ކޯވިޑް ޕެންޑަމިކް ކޮންޓްރޯ ކުރުމަށްޓަކާ، ސައިންސާއި އަދި ގައުމުގެ އެތެރޭގެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ދުރާލާ ކަމަނާ އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށް އަހަރެން ވަރަށް ބޮޑަށް އުފާކުރަން،" ޖަރުމަނުވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސެލެޓްރީ ޖެނެރަލް ގުޓަރޭސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.