"ބޫލް ބުލައްޔާ 3″ ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި

"ބޫލް ބުލައްޔާ 3″ ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި

Author
ފާތިމަތު ނާވީ
28 މާރޗް 2024 10:58
0

ބޮލީވުޑްގެ މަޝްހޫރު ހޮރޯ-ކޮމެޑީ ފިލްމު ސީރީޒް "ބޫލް ބުލައްޔާ"ގެ ތިންވަނަ ފިލްމް ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

ކާތިކާއި ބަތަލާ ޓްރިޕްތީ ދިމްރީ އެކީގައި ނަގާފައިވާ ފޮޓޯއަކާ އެކީ މި ވާހަކަ އިންސްޓަގްރާމްގައި ވަނީ ހިއްސާ ކޮށްފައިއެވެ. މި  ފިލްމުގެ ޝޫޓިން ފެށީ މި މަހުގެ 9 ގަ އެވެ.

މި ފިލްމަކީ އޭނަގެ 2022 ގެ "ބޫލް ބުލައްޔާ 2″ ގެ ފޮލޯއަޕެކެވެ. އަދި އާ ފިލްމަކީ ޓްރިޕްތީއާ އެކީ ކާތިކް ކުޅޭ ފުރަތަމަ ފިލްމެވެ. "ބޫލް ބުލައްޔާ 2″ ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. ތިން ވަނަ ބައިގެ ކާސްޓްގައި 2007 ގެ "ބޫލް ބުލައްޔާ" ގެ ބަތަލާ ވިދިއާ ބާލަން ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

 

ވިދުޔާ ބާލަން އާއި އަކްޝޭ ކުމާރް ލީޑު ރޯލު ކުޅުނު "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2007 ވަނަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.