ޔާމިން ފަޅީގައި ހުންނެވި އައްބާސް އާދިލް ރިޒާއަށް މެލޭޝިއާ އެމްބަސީން ވަޒީފާ ހަމަޖައްސައިފި

ޔާމިން ފަޅީގައި ހުންނެވި އައްބާސް އާދިލް ރިޒާއަށް މެލޭޝިއާ އެމްބަސީން ވަޒީފާ ހަމަޖައްސައިފި

Author
ހުސެއިން
26 މާރޗް 2024 12:59
0

ޔާމިން ފަޅީގައި ހުންނަވާ، ރައީސް މުއިއްޒުއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި، އައްބާސް އާދިލް ރިޒާއަށް މެލޭޝިއާ އެމްބަސީން ވަޒީފާ ހަމަޖައްސައިފިއެވެ.

އެނގިފައިވާ ގޮތުގައި މެލޭޝިއާ އެންބަސީން އޭނާއަށް ވަޒީފާ ހަމަޖައްސުމާއެކު އޭނާ މިހާރުވަނި ފޮރިން މިނިސްޓްރީއަށް ވަޒީފާއަށް ނިކުންނަން ފަށާފައެވެ. އަދި މިހާރު އޭނާ ގެންދަނީ، އެމްބަސީތަކަށް ފުރުމުގެ ކުރިން މިނިސްޓްރީން ބާއްވާ އޮރިއެންޓޭޝަންގައި ބައިވެރިވަމުންނެވެ.

އައްބާސް އާދިލް ރިޒާއަކީ ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޔާމިން ފަޅިގައި ހުންނަވާ ރައީސް މުއިއްޒުއަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި އެއް ބޭފުޅެކެވެ.

އަދި ރައީސް ޔާމިން ޕީޕީއެމްއިން އިސްތިއުފާ ދެއްވުމުގެ ކުރިން، އެޕާޓީ ހިންގަވަން ހޮއްވެވި ކޮމީޓިގައިވެސް އެންމެ އިސްކޮށް ހިމެނޭ ދެބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ އޭނާއެވެ.

އެހެންނަމަވެސް ރައީސް ޔާމިންގެ ޕީއެންއެފް އުފެއްދުމަށް ހުށަހެޅި ހިސާބުން އޭނާވަނީ މަންޒަރުން ގެއްލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.