ރެސިޕީ 40: ޗިލީ ޗިކަން

ރެސިޕީ 40: ޗިލީ ޗިކަން

ރޯދަ މަހުގެ ފަހު 15 އިގެ ދުވަސް ތަށް ގުނަމުން އަންނަ އިރުގައި މިހާތަނަށް ތަފާތު އެކި ބާވަތް ތަކުގައި ސާމާނު ވާނީ ތައްޔާރު ކުރެވިފައިކަން  ޔަގީނެވެ. ބިޒީ ކޮން އުޅެމުން ވެސް ސުފުރާ އަށް ކޮންމެ ދުވަހަކުވެސް ތަފާތު އެއްޗެއް އަރުވައި ލުމަކީ ލިބޭ އުފަލަކަށް ނޫނީ ނުވާނެއެވެ.

މިއަދު މި ގެނެސްދެނީ ޗިލީ ޗިކަން އެވެ. ކުކުޅުގެ ބާވަތް ތަކަކީ ދިވެހިންގެ މެދުގައި އާންމުކޮން ވަރަށް މަގުބޫލު ބާވަތްތަކެކެވެ. ބަތާއި އަދި ރޮއްޓާއި އެކުގައި ވެސް ކެއުމަށް ޗިލީ ޗިކަން މީރު ވާނެއެވެ.

ބޭނުން ވާނެ ތެކެތި: 

  • 500 ގްރާމް ޗިކަން
  • 1/2 ސައިސަމުސާ ލޮނު
  • 1/2 ޖޯޑު ތެޔޮ
  • 1/2 ސައިސަމުސާ ޗިލީ ޕައުޑަރު
  • 1/2 ސައި ސަމުސާ ކޯން ފްލާ

ސޯސް ގަނޑަށް ބޭނުންވާނެ ތަކެތި:

  • 2 ފިޔާ ( ހިމަ ދިގަށް ބޮޑު ކޮން ކޮށާފައި)
  • 2 ލޮނު މެދު ( ވައް ފޮއްޗަށް ތުނިކޮން ކޮށާފައި)
  • 1/2 ސައި ސަމުސާ އިންގުރު ޕޭސްޓް
  • 1/2 ޖޯޑު ޗިލީ ޓޮމާޓޯ ސޯސް
  • 1/2 ޖޯޑު ޗިލީ ޗިކަން ޓޮމާޓޯ ސޯސް
  • 3 ތޮޅި މިރުސް (މެދުން ފަޅާލައިފައި)
  • 2 ސައި ސަމުސާ ހަނީ
  • 3 މޭޒުމަތީ ސަމްސާ ބަޓަރު

ތައްޔާރު ކުރާނެ ގޮތް:

ކުކުޅު ކޮޅު އެއްވަރަކަށް ދޮޅު އިންޗި ދޮޅު އިންޗިން ކޮށައިލާށެވެ. ދެން މެރިނޭޓް ކުރުމަށް ލޮނު، ޗިލީ ޕައުޑަރު އަދި ކޯން ފްލާ ކޮޅު އަޅައި 30 މިނިޓް ބަހައްޓާށެވެ. އެއަށް ފަހު ތެޔޮ ފޮދު އުދުން މައްޗަށް އުދާށެވެ. ދެން ކުކުޅު ކޮޅު ރަނގަޅަށް ފްރައި ކޮށްލާށެވެ.

އެއަށް ފަހު އެހެން ތަވަވެއް އުދުން މައްޗަށް އުދާށެވެ. ދެން ބަޓަރު ކޮޅު އަޅައި ރަނގަޅަށް ދިޔާ ވުމުން ފިޔާ، ލޮނުމެދު އަދި އިނގުރު ޕޭސްޓް ކޮޅު އަޅައި ކުޑަކޮން ވަޅޯ ކޮށްލާށެވެ. އެއަށް ފަހު ތޮޅިމިރުސް އަދި ދެ ވައްތަރުގެ ޓޮމާޓޯ ސޯސް ކޮޅު އަޅައި، ކައްކައިލާށެވެ. ކެކުމުން ހަނީ އަޅައި އެއްކޮށްލުމަށްފަހު ކުކުޅު ކޮޅު އަޅައި ދެމިންޓް އަށް ކައްކާލުމަށް ފަހު އުދުން ނިންވައިލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *