ރެސިޕީ 35: މެގްނަމް ޕުޑިން

ރެސިޕީ 35: މެގްނަމް ޕުޑިން

މެގްނަމް ޕުޑިން އިން އާންމު ކޮން ފިހާރަ ތަކުގައި ވިއްކަން މިހުންނަ ރަހަ ލާއެއްޔެވެ.؟ މެގްނަމް ޕުޑިންގ އަކީ މިހާރު ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ބޮޑެތި ހަފްލާ ތަކުން ވެސް އާންމުކޮން ފެންނަ ބާވަތެކެވެ.

ބޭނުން ވާނެ ތަކެތި:

  • 2 ޖޯޑު ފުލް ކްރީމް މިލްކް
  • 1/2 ޖޯޑު ގެރިކިރު
  • 2 މޭޒުމަތީ ސަމްސާ ބަޓަރު
  • 1 މޭޒުމަތީ ސަމްސާ ކޯންފްލާ
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • 1 ޕެކެޓް މާރީ ބިސްކޯދު
  • 1 ޖޮކްލެޓް (ގާނާ ލާފައި)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ މިލްކް އާއި ގެރިކިރު އަދި ބަޓަރު ކޮޅު ބްލެންޑާ އަށް އަޅައިލުމަށް ފަހު ރަނގަޅަށް ބްލެންޑް ކޮށްލާނީއެވެ. އެއަށް ފަހު ތަވާ އުދުން މަށްޗަށް އުދާށެވެ. ދެން ބްލެންޑް ކުރި އެތިކޮޅު އަޅައިލާށެވެ. ވަރަށް މަޑު ގިނީގައި ހަލަމުން ގެންދާށެވެ.

ރަނގަޅަށް ކައްކައި ލުމަށްފަހު ކޯން ފްލާކޮޅު އަޅައިލާށެވެ. ކޯން ފްލާ ކޮޅު އަޅާނީ ފެންފޮދެއްގައި ގިރާލުމަށް ފަހުއެވެ. ދެން އޮލަވަން ދެއް ކައްކަމުން ގެންދާށެވެ. އޮލަ ވުމުން އެސެންސް އަޅައި ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. އެއަށް ފަހު އުދުން މަތިން ބާލާށެވެ.

ހިހޫ ވުމުގެ ކުރިން ޓްރޭގައި ސެޓް ކުރުމަށް އެންމެ، އެންމެ ފުރަތަމަ ރައްތާރު ކުރި ކްރީމް ގަނޑުން ލޭއާ އެއް އަޅައިލާށެވެ. ދެން ބިސްކޯދު އަތުރައިލާށެވެ. ދެން ބިސްކޯދުގެ މައްޗަށް އަނެއްކައިވެސް ކްރީމްގަނޑުގެ ލޭއާ އެއް އަޅައިލާށެވެ. މިގޮތަށް ލޭއާ ކުރަމުން ގެންދާށެވެ.

މާރީ ބިސްކޯދަކީ ތުނި ބިސްކޯދެއް ކަމުން ކްރީމް ގަނޑުގެ ހޫނުން މަޑުވަމުން ދާނެއެވެ. ދެން އެންމެ މަައްޗަށް ކްރީމްގެ ލޭއާ އެއް ލައިލުމަށްފަހު ޗޮކްލެޓް އަޅައިލާށެވެ. 1/2 އިންޗިއެއްހައި ބޯމިނުގެ ޗޮކްލެޓް ލޭއާއެއް ރަނގަޅުވާނެއެވެ. ކްރީމްގެ ހޫނުން ކޮންމެވެސް ވަރަކަށް ޗޮކްލެޓް ވެސް މެލްޓްވާނެއެވެ. ތައްޔާރު ވުމުން ފިނި ކޮށްލާށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *