ކަސްޓަޑް ޓްރައިފުލް އަކީ ތައްޔާރު ކޮށްލަން ފަސޭހަ އަދި އެހާމެ މީރު އެއްޗެކެވެ. މީ ގިނަ އަދަދެއްގެ މޭވާ ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ. މި އަދި މި ގެެނެސް ދެނީ ކަސްޓަށް ޓަރައިފުލް ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
- 2 މޭޒުމަތީ ސަމްސާ ކަސްޓަޑް
- 2 ޖޯޑު ފުލް ކްރީމް މިލްކް
- 1 ޖޯޑު ގެރިކިރު
- 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
- 1 ބަޓާ ކޭކް
- 1 ޖޯޑު ސްޓްރޯބެރީ (ތުނި ކޮން ފޮތި ފޮއްޗަށް ކޮށާލައިފައިއެވެ)
- 1 ޖޯޑު ބްލޫ ބެރީ
- 1 ޖޯޑު ރާސްބެރީ
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވާ އުދުން މައްޗަށް އުދާށެވެ. އެއަށް ފަހު މިލްކް ކޮޅާއި ކަސްޓަޑް ކޮޅު އެއްކޮށްލުމަށް ފަހު ތަވާ ތެރެއަށް އަޅައިލާށެވެ. ކަސްޓަޑްކޮޅު އޮލަވަންދެން ކެކުމުން ގެރިކިރު އަދި އެސެންސް ކޮޅު އަޅައިލުމަށްފަހު އުދުން ނިއްވައިލާށެވެ. އަދި ރަނގަޅަށް ހުރިހާ އެއްޗެއް މިކްސް ކޮށްލާށެވެ.
ބަޓާ ކޭކު އަތުން ފުނޑުފުނޑު ކޮށްލާށެވެ. އެއަށް ފަހު ޓްރޭގައި ކޭކުގެ ލޭއާއެއް އަތުރާލާށެވެ. ދެން އެއަށް ފަހު ކަސްޓަޑް ގެ ލޭއާ އެއް އަޅައި ލާށެވެ. ދެން ސްޓްރޯބެރީ އާއި ބުލޫ ބެރީ އަދި ރާސްބެރީގެ ލޭއާއެއް އަޅާލުމަށްފަހު އަނެއްކައިވެސް ކަސްޓަޑްގެ ލޭއާއެއް އަލައިލާށެވެ. މި ގޮތަށް ލޭއާ ތަށް އަޅަމުން ގެންދާނީއެވެ.