ރަޝިއާގެ ކޮންސެޓް މޯލްއަކަށް ރޭ ދިން ޓެރަރިސްޓް ހަމަލާ ސަރުކާރުން ކުށްވެރި ކޮށްފިއެވެ.
ރަޝިއާގެ މޯލްއެއްގައި ދިން ޓެރަރިސްޓް ހަމަލާގެ ޒިންމާ އައިސިސްއިން ވަނީ އުފުލާފައެވެ. އެ ޖަމާއަތުން މި ހަަމަލާގެ ޒިންމާ އުފުލާފައިވަނީ އައިސިސްއާއި ގުޅުންހުރި ޓެލެގްރާމް ޗެނަލްއަކަށް ފޮނުވި މެސެޖެއްގައެވެ.
މޮސްކޯގެ ބޭރުގައި ތޮއްޖެހިފައިވާ ކޮންސެޓްހޯލްއަކަށް ހަތިޔާރު އެޅި ބަޔަކު ދިން މި ހަމަލާގައި93 މީހުން ވަނީ މަރުވެފައެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެފްއެސްބީ ފެޑެރަލް ސެކިއުރިޓީ ސާވިސް (ރަޝިއާގެ ދިފާއީ ވުޒާރާ) އިން ބުނެފައިވެއެވެ.
މިހަމަލާއާއި ގުޅިގެން އެމެރިކާއިން ބުނެފައިވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަކުން ޒިންމާ އުފުލުމަކީ ރަގަޅު މައުލޫމާތެއް ކަމުގައެވެ. އެހެންނަމަވެސް މި ހަމަލާއައި ގުޅޭގޮތުން ރަޝިއާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން އެނގޭގޮތުގައު މި ހަމަލާ ދެމުން ދިޔައިރު މީހުން ދުވާތަނާއި އަދި ހަމަލާއިން ސަލާމަތްވުމަށް ކޮންސެތް ހޯލުގެ ގޮނޑިތަކުގެ ދަށަށް ވަންނަ މަންޒަރުތައް ފެންނާން ހުރެއެވެ. އަދި އެއްޗިހިތަކެއް ކޮންސެޓް ހޯލުގައި ގޮވަމުންދާ އަޑުފައްގަޑު އިވިފައި ވެއެވެ. އަދި ބޮޑު އަލިފާނުގެ ހާދިސާއެއް އެ ކޮމްޕްލެކްސްގެ ފުރާޅުގައި ރޯވެ، ފުރާޅުވަނީ ވެއްޓިފައެވެ.
ހަތިޔާރު އެޅި މީހުން ހޯދުމުގެ މަސައްކަތް ރަޝިއާގެ ނޭޝަނަލް ގާޑުން ދަނީ ކުރަމުންނެވެ. ވައިޓް ހައުސްއިން ބުނީ މި ހަމަލާތަކާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ރަޝިއާއާއި ހަނގުރާމަކުރަމުންދާ ޔޫކްރެއިން އިން ވަނީ އެ ހަމަލާގައި އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ބުނެފަ އެވެ.
އެމެރިކާއިން ބުނެފައިވަނީ ރަޝިއާގެ މީހުން އެއްވާތަނަކަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު އެގައުމިން މިމަހުގެ ކުރީކޮޅު ރަޝިއާއަށް ފޯރުކޮށްދީފައިވެއެވެ. އެހެންނަމަވެސް އެ މައުލޫމާތު އެއީ ޕްރޮޕަގެންޑާ މައުލޫމާތުކަމަށް ރަޝިއާއިން އޭރި ބެލިކަމަށް އެމެރިކާއިން ބުނެފައިވެއެވެ.