މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓުމަހުގެ އެއްވަނަ ދުވަހު އެވެ. އަދި މިހާރު އެ އެއަރލައިންއިން ވަނީ، ފަސިންޖަރުންނަށް ބުކިން އޮޕްޝަންތައް މިހާރު ހުޅުވާލާފައެވެ.
އެ އެއާލައިނުން ރާއްޖެއަށް ކޮންމެ ދުވަހަކު ވެސް ދަތުރުތައް ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކުއާލަލަމްޕޫރާއި ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގަ އެވެ.
Did you guess our new destinations right? Begin your journey to these 3 wondrous places.
Indulge in the turquoise waters of the Maldives, where you can encounter sealife up close and personal. Rejuvenate amidst the tranquility and greenery of the mountains in Chiang Mai. Or take… pic.twitter.com/y7OwF615SF
— Malaysia Airlines (@MAS) March 22, 2024
މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 200 ޑޮލަރު އަދި ރިޓާން ޓިކެޓުގެ އަގަކީ 299 ޑޮލަރެވެ. F –
އެ އެއާލައިނުން މިއަދު އިއުލާނުކުރި ތިން ރޫޓުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރާއްޖޭގެ އިތުރުން އަނެއް ދެ މަންޒިލަކީ ޗިއަންގް މައި އާއި ޑާ ނަންގް އެވެ.