ރެސިޕީ 27: ހަނާކުރި އަލުވި

ރެސިޕީ 27: ހަނާކުރި އަލުވި

Author
ފާތިމަތު ނާވީ
25 މާރޗް 2024 10:10
0

މިއަދު މި ގެނެސްދެނީ ސައިޑް ޑިޝް އެއްގެ ގޮތުގައި ތައްޔާރު ކުރެވިދާނެ އެއްޗެކެވެ. މީ އާންމުކޮށް ސުފުރާ ފަޅުފިލުވައިލާދޭ ބާވަތެކެވެ. އަލުވިން ތައްޔާރު ކުރެވޭ މި ޑިޝް ބަތާ އެކުގައި ވަރަށް ރަނގަޅުވާނެއެވެ.

ބޭނުންވާނެ ތަކެތި:

  • 1/2 ކިލޯ އަލުވި
  • އަސޭ މިރުސް
  • ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އަލުވި ކޮޅު ތޮށި މަށާލުމަށްފަހު އެއްވަރަކަށް ކިއުބް ކޮށް ކޮށައިލާށެވެ. ދެން އެއަށް ފަހު ތެލުލާށެވެ. ތެލުލުމަށްފަހު އަސޭމިރުސް ކޮޅު އަދި ލޮނު ކޮޅު އަލައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. މިހާރު ހުންނާނީ ހަނާކުރި އަލުވި ތައްޔާރު ވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.