މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އެކި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަގައި 30 ޑޮކްޓަރުން މަދު: ޚަލީލް

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ އެކި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަގައި 30 ޑޮކްޓަރުން މަދު: ޚަލީލް

ހަވާލުވިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން 30 ޑޮކްޓަރުން މަދުކަމަށާއި، މިއަދުގެ ހާލަތަށް ބަލާއިރު އެ އަދަދު 35 އަށް އަރާކަމަށް ހެލްތް މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅިވީ މި ސަރުކާރުން، ވެރިކަމާއި ހަވާލުވިއިރު، 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ބަދަލު ގެނެސްފައި ހުރި ބައެއް ހޮސްޕިޓްލްތަކުގައި ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތްކަން ފާހަގަކުރެވުނުކަމަށެވެ.

ޚަލީލް ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުން 30 ޑޮކްޓަރުން މަދުކަމަށާއި، މިއަދުގެ ހާލަތަށް ބަލާއިރު އެ އަދަދު 35 އަށް އަރާކަމަށެވެ. އަދި އެ ހޮސްޕިޓަލްތައް ބަލައި، ޑޮކްޓަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެގޮތަށް ބަދަލު ކުރެވިފައި މިހުރީ މިދިޔަ ދައުރުގެ ތަންކޮޅެއް ފަހުކޮޅު.. އެހެންވެ ޑޮކްޓަރުންގެ ދަތިކަން.. ނަރުހުންގެ ދަތިކަން.. އަދި އެހެން މުވައްޒަފުންގެ ދަތިކަން ވެސް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ.. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު ގާތްގަނޑަކަށް 30 ޑޮކްޓަރުން މަދު.. މިއަދުގެ ހާލަތަކީ 35 ޑޮކްޓަރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މަދު

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކަށް ސީ އެމްބިއުލާންތައް ފޮނުވުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ. މިހާރު ވެސް 13 އަތޮޅުތަކަށް ލޯންޗުތައް ފޮނުވާފައިވާއިރު، އަތޮޅުތަކުގެ ހޮސްޕިޓަލް ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާ ކުރެވިގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވީ ސިއްހީ މަސައްކަތްތެރިންނާއި، މުވައްޒަފުން އިންތިހާއަށް މަދުކަން ފާހަގަކުރެވޭ ވަކިވަކި ރަށްތަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *