ބާ ކައުންސިލްގެ ރައީސަކަށް ހުސެއިން ސިރާޖު އިންތިހާބުވެއްޖެ

ބާ ކައުންސިލްގެ ރައީސަކަށް ހުސެއިން ސިރާޖު އިންތިހާބުވެއްޖެ

Author
އަހުމަދު
17 މާރޗް 2024 05:41
0

ގާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ހުސްވެފައިވާ ބާ ކައުންސިލުގެ ރައީސްކަމުގެ މަގާމަށް ހުސެއިން ސިރާޖު އިންތިހާބުވެއްޖެއެވެ.

ބާ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް އަވަހާރަވުމާ ގުޅިގެންނެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން ހޮވުމަށް ’ފަހި ވޯޓު' މެދުވެރިކޮށް އޮންލައިންކޮށް މިއަދު ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ. މި އިންތިހާބުގައި ވޯޓުލުމަށް 991 ގާނޫނީ ވަކީލުން ރަޖިސްޓަރީވެ، 396 ވަކީލުން ވޯޓުލާފައި ވެއެވެ.

މިއަދުގެ ވޯޓުގައި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ އަލްއުސްތާޛު އަޙްމަދު ޝިފާއުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.