ސައްޙަ ނޫންކަމަށް ކަނޑައެޅި ފޯމުތަކުގައި ހުރި މައްސަލަތައް ރަގަޅު ކޮށްފަ ވަރަށް އަވަހަށް ހުށަހަޅާނަން: ޕީއެންއެފް

ސައްޙަ ނޫންކަމަށް ކަނޑައެޅި ފޯމުތަކުގައި ހުރި މައްސަލަތައް ރަގަޅު ކޮށްފަ ވަރަށް އަވަހަށް ހުށަހަޅާނަން: ޕީއެންއެފް

ޕީއެންއެފް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެޕާޓީން ހުށަހެޅި ފޯމުތަކުގެ ތެރެއިން ސައްޙަ ނޫންކަމަށް ކަނޑައެޅި ފޯމުތަކުގައި ހުރި މައްސަލަތައް ރަގަޅު ކޮށްފަ ވަރަށް އަވަހަށް ހުށަހަޅާނެކަމަށް އެޕާޓީން ބުނެފިއެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ސައްހަ ނޫންކަމަށް ކަނޑައެޅި އެއްވެސް ފޯމެއް ބާތިލް ކޮށްފައި ނުވާކަމަށާއި ހުރިހާ ފޯމެއްގައިވެސް ހުރީ އިދާރީ މައްސަލަތައް ކަމުގައެވެ.

އަދި އޭނާ ވިދާޅުވީ އެ ހުރިހާ ފޯމެއްވެސް އަލުން އިސްލާހުކޮށްފައި ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ ބައެއް ފޯމުތަކުގައި އުމުރުން ދުވަސްވީ މީހުންގެ މަންމަގެނަން ހޯދަން ޖެހުންފަދަ އުދަގޫ މައްސަލަ ދިވާވެފައިވާ ކަމަށެވެ.

ރައީސް ޔާމީން އިސްވެ އުފައްދަވަން ނިންމެވި ޕާޓީ އުފައްދަން ބޭނުންވާ 3000 ފޯމް ހަމަކޮށް 24 ގަޑިއިރުތެރޭ ހުށަހަޅާނެކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި މަލީހް ޖަމާލް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފޯމް ހަމަކޮށް އީސީއަށް ހުށަހެޅުނީ އޭގެ އެތައް މަހެއްފަހުންކަން ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *