ފަވަރައިން ފައިސާ ފޮނުވޭ ލިމިޓް ބޮޑުކޮށްފި

ފަވަރައިން ފައިސާ ފޮނުވޭ ލިމިޓް ބޮޑުކޮށްފި

Author
ހުސެއިން
17 މާރޗް 2024 01:23
0

މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަަރަ"އިން ޓްރާންސްފާ ކުރެވޭ ލިމިޓް 200،000 ރުފިޔާއަށް މިއަދު ބޮޑުކޮށްފި އެވެ.

މީގެ ކުރިން ފަވަރަ މެދުވެރިކޮށް އެންމެ ބޮޑުކޮށް ޓްރާންސްފާކުރެވެނީ 50،000 ރުފިޔާ އެވެ. އަދި، ރިކުއެސްޓް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާ އެވެ.

އެކަމަކު، މިއަދު ގެނެވުނު ބަދަލާ އެކު ފަވަރަ މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވޭނެ އެވެ. އަދި، 10،000 ރުފިޔާއާ ހަމައަށް ފަވަރަ ރިކުއެސްޓް ކުރެވޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.