ރެސިޕީ 22: އައިސް ކްރީމް ކޭކް

ރެސިޕީ 22: އައިސް ކްރީމް ކޭކް

އައިސް ކްރީމް ކޭކް އަކީ ތަފާޓު ވައްތަރުގެ އައިސް ކްރީމް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވިދާނެ ފިނި ފޮނި ބާވަތެކެވެ. މި ދުވަސްކޮޅަކީ ހޫނު ގަދަ ދުވަސްކޮޅަކަށް ވުމާއި އެކުގައި މިފަދަ ބާވަތެއް ތައްޔާރު ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ.

ބޭނުންވާނެ ތަކެތި:

  • ވެނީލާ އައިސް ކްރީމް (1 ލީޓަރު ތައްޓެއް)
  • ޗޮކްލެޓް އައިސް ކްރީމް (1 ލީޓަރު ތައްޓެއް)
  • 1 ޖޯޑު ހޮޓް ފަޖް ސޯސް
  • 24 އޯރިއޯ ބިސްކޯދު (ޕައުޑަރު ވަރަށް ޗޮޕްކޮށްފައި)

ކްރީމް ތައްޔާރު ކުރުމަށް ބޭނުން ވާނީ:

  • ދެ ޖޯޑު ހެވީ ކްރީމް
  • 4 މޭޒުމަތީ ސަމުސާ ގްރެނިއުލޭޓެޑް ޝުގާ
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް: 

ޓްރޭގައި ރެޕް ޕޭޕާ އަޅައިލާށެވެ. މިއީ ޓްރޭއިން ކޭކް ނަގަން ފަސޭހަ އަކަށް އަޅާ އެއްޗެކެވެ. މި ކޭކް އެޅުމަށް 9 އިންޗީގެ ޓްރޭއެއް ބޭނުން ކުރުން ރަގަނޅު ވާނެއެވެ. ފުރަތަމަ ޗޮކްލެޓް އައިސްކްރީމް ލޭއާއެއް އަލައިލާށެވެ. ދެން ދެން ހޮޓް ފަޖް ގެ ލޭއާ އެއް އަޅާލުމަށްފަހު އޯރިއޯ ލޭއާ އެއް އަޅައިލާށެވެ. ދެން އެއަށް ފަހު ވެނީލާ އައިސްކްރީމް ލޭއާ އެއް އަޅައިލުމަށް ފަހު ސެޓް ކުރުމަށް 30 މިނިޓް ފްރިޖް ގެ ގަނޑު ކުރާ ބައިގައި ބައިންދާށެވެ.

ކްރީމް ތައްޔާރު ކުރުމަށް މިކްސަރެއްގެ އެހީގައި ހެވީ ކްރީމް އަދި ހަކުރު ކްރީމް ޓެކްސްޗާ އަށް އަންނަން ދެން ގަށައިލާށެވެ. ރަނގަޅަށް ކްރީމް ގަނޑު ތައްޔާރު ވުމުން ވެނީލާ އެސެންސް ކޮޅު އަޅައި މިކްސް ކޮށްލާށެވެ. ކުރިން ތައްޔާރު ކުރި ކޭކް ގެ މައްޗަށް ކްރީމް ކޮޅު އަޅައި ލުމަށްފަހު މައްޗަށް އޯރިއޯ ކޮޅެއް ބުރުވައިލާށެވެ. އެއަށް ފަހު އަނެއްކައިވެސް ގަނޑު ކުރާ ބަޔަށް ކޭކް ލާށެވެ. ރަނގަޅަށް ސެޓް ވުމަށް 2 ގަޑިއިރެއް ހައި އިރު ނަގާނެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *