ހިލާލީ ގޭގައި ދިރި ނޫޅެން، އެގެއަށް ބަދަލުވާނީ މި ރޯދަމަހު: ނައިބު ރައީސް

ހިލާލީ ގޭގައި ދިރި ނޫޅެން، އެގެއަށް ބަދަލުވާނީ މި ރޯދަމަހު: ނައިބު ރައީސް

Author
ހުސެއިން
12 މާރޗް 2024 03:15
0

ހިލާލީ ގޭގައި އަދި ދިރި ނޫޅުއްވާ ކަމަށާއި، އެގައަށް ބަދަލުވާނީ މިމަހުކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް ސެމްބެ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖާސޫސްކުރައްވާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީގެއިން ނިކުމެވަޑައިގެން ހުޅުމާލޭގެ އަމިއްލަ ފްލެޓަކަށް ބަދަލުވެވަޑައިގެންނެވި ކަމަށް ސޯޝާލް މީޑިއާގެ ވަސީލަތްތަކުގައި ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް ބައެއް މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސެމްބެ ވިދާޅުވީ އެމަނިކުފާނު ހިލާލީގެއަށް ބަދަލުވެވަޑައި ނުގެން މަޑުކުރެއްވީ އެގެ މަރާމާތުކޮށް ނިމެންދެން ކަމަށާއި، ކުރީގެ ނާއިބު ރައީސް އެގެ ދޫކުރައްވާ ވަޑައިގެންނެވިއިރު ގެ ހުރީ ވަރަށްބޮޑަށް ބާވެފައި ކަމުގައެވެ.

ފުރާޅު އެއްކޮށް ހަލާކުވެފައި އޮތީ. ކުރީގެ ވީޕީ ނިދި ކުރެއްވި ކޮޓަރިކޮޅުން ވެސް ފެން ފައިބާ. ބަދިގެ ވެސް އެއްކޮށް ހަލާކު ވެފައި އޮތީ. މުޅި ތަން އެއްކޮށް ބަދަލު ކުރަން ޖެހިފައި ކުރިން ވެސް އެ އޮތީ

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނައިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ މިވަގުތު ދިރިއުޅުއްވަނީ މާލޭގެ ހަނި ގޯޅިގަޑެއްގައި ހުންނަ ގެއެއްގައި ކަމަށާއި، އެތަނަށް މޮޓޯކޭޑް ވެއްދުމަށްވެސް ދަތިވާތީ، ވަރަށް އަވަހަށް ހިލާލީގެއަށް ބަދަލުވާން ބޭނުންފުޅު ވާކަމުގައެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސްއާއި މިހާރުވެސް އެއްވެސް މައްސަކައެއް ނެތްކަމަށާއި، ރައީސަށް ތައުރީފްކޮށް މިހާރުވެސް ޓުވީޓު ކުރައްވަމުން ގެންދަވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.