މުލިއާގެއިން ބަދަލުވި ވާހަކަ ނައިބު ރައީސް ދޮގު ކުރައްވައިފި

މުލިއާގެއިން ބަދަލުވި ވާހަކަ ނައިބު ރައީސް ދޮގު ކުރައްވައިފި

Author
ހުސެއިން
12 މާރޗް 2024 11:18
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖާސޫސްކުރައްވާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީގެއިން ނިކުމެވަޑައިގެން ހުޅުމާލޭގެ އަމިއްލަ ފްލެޓަކަށް ބަދަލުވެވަޑައިގެންނެވި ވާހަކަ ދޮގު ކުރައްވަިފިއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަޑު ފަތުރާފައިވަނީ، ނާއިބު ރައީސް ސެމްބެ މުލިއާގެ ދޫކުރައްވާ ހުޅުމާލެއަށް ބަދަލުވެވަޑައިގެންނެވީ، މުލިއާގޭގެ ޗީފް އޮފް ސްޓާފަކަށް ރައީސް މުއިއްޒުގެ ތިމާގެ ބޭފުޅަކު ހަމަޖައްސަވައިގެން ޖާސޫސް ކުރައްވަމުން ދާތީ ކަމުގައެވެ.

އެކަމާއި ގުޅޭގޮތުން ސެމްބެ ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެއީ ހަގީގަތެއް ނެތް ޚަބަރެއް ކަމަށާއި، ދޮގުހަދާ މުޖުތަމައު ފަސާދަކުރުން ހުއްޓާލަންޖެހޭ ކަމަށެވެ.

ފާއިތުވި ހުރިހާ ދައުރެއްގައިވެސް ރާއްޖޭގެ ނައިބު ރައީސުން ދިރިއުޅުއްވާފައިވަނީ ހިލާލީގޭގައެވެ. މިހާރުގެ ނައިބު ރައީސް ސެމްބެ ހިލާލީގެއަށް ބަދަލުވުމުގެ ކުރިން އެގެ މަރާމާތު ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.