ޗިޕްސްމޯ އަކީ އާންމު ކޮށް ކައި އުޅުމަށް ބޭނުން ކުރާ އެއްޗެކެވެ. ކުޑަކުދިން ގެ މެދުގައި ވަރަށް މަގުބޫލު އެއްޗެއް ވެސް މެއެވެ. އާންމުކޮން ފަސޭހައި ފިހާރަތަކުން ލިބޭ އެއްޗެއް ވެސް މެއެވެ.
ބޭނުން ވާނެ ތަކެތި:
- 1 ބޮޑި ޖިޕްސްމޯ (ބޮޑު)
- 1 ދަޅު ގެރިކިރު
- 1 ދަޅު ނެސްލޭ ކްރީމް
- 1/2 ޗޮކްލެޓް ސިޕްސް
- 2 މޭޒުމަތީ ސަމުސާ ޗޮކްލެޓް ޕައުޑަރު
ތައްޔާރު ކުރާނެ ގޮތް:
މިކްސަރަށް ނެސްލޭ އާއި ގެރި ކިރު އަދި ޗޮކްލެޓް ޕައުޑަރު ކޮޅު އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ޓްރޭގައި ޗިޕްސްމޯ އަތުތައިލާށެވެ. އެއަށް ފަހު އެންމެ ފުރަތަމަ ތައްޔާރު ކުރި ކްރީމް ގަނޑުން ލޭއާ އެއް އަޅައި ބިސްކޯދު ތަށް ފޮރުވައިލާށެވެ. ދެން މައްޗަށް ޗޮކްލެޓް ޗިޕްސް ކޮޅެއް ބުރުވައިލާށެވެ. މި ގޮތަށް ދެ އެއް ނުވަތަ ތިން ލޭޔާ އަޅާލާށެވެ.