ރެސިޕީ 18: ކްރެޕްސް

ރެސިޕީ 18: ކްރެޕްސް

ކްރެޕްސް އަކީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ އަދި އެހާމެ މީރު އެއްޗެކެވެ. ބިޒީ ދިރިއުޅުމެއްގައި އުޅޭ އިރުގައި ރޯދަމަހުގެ ސުފުރުާ ފަޅުފިލުވައިލުމަށް ތައްޔާރު ކޮށްލެވިދާނެ ފޮނި ބާވަތަކެވެ. މީ މިހާރު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ.

ބޭނުން ވާނެ ތަކެތި: 

  • 1 ޖޯޑު ފުއް
  • 1 ޖޯޑު ފެން
  • 2 މޭޒުމަތީ ސަމުސާ ބަޓަރު
  • 1/2 ޖޯޑު ފުލް ކްރީމް މިލްކް
  • 2 ބިސް
  • 1/4 ސައި ސަމުސާ ލޮނު
  • 4 މޭޒުމަތީ ސަމުސާ ހަކުރު
  • ވެނީލާ އެސެންސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް ކަރަންޓު ނުވަތަ އަތު މިކްސަރެއް ބޭނުން ކޮށްގެން ރަނގަޅަސް ގިރައިލާށެވެ. އެއަށް ފަހު ފްރޭންޔެއް ބޭނުން ކޮށްގެން ތައްޓަކަށް ފްރާނާލާށެވެ. ފުރާނާލުމުގެ ސަބަބުން ރީތި އޮމާން ކްރެޕްސް ތައްޔާރު ކުރެވޭނެއެވެ.

ތަތް ނުލަވާ ތަވައެއް ގައި ބަޓަރު ކޮޅެއް ހާކާލުމަށްފަހު އުދުން މައްޗަށް އުދާށެވެ. ހޫނު ވުމުން ސަމްސަލެއް ނުވަތަ އުދުޅިއަކުން ތުނި ފޮޅިއަކަށް ވާވަރުގެ އެތިކޮޅެއް ތަވައަށް އަޅައިލާށެވެ. އެއްފަޅި ފިހެވުމުން ދޭފަތެއްގެ އެހީގައި ފުށުން ޖަހައިލާށެވެ. މިގޮތަށް ހުރިހާ ކްރެޕްސް އެއް ފިހެލާށެވެ.

ސާވް ކުރާ އިރުގައި ތަފާތު ވައްތަރުގެ ބެރީ ކޮޅެއް މައްޗަށް އެޅުމަށްފަހު ޗޮކްލެޓް ސިރަޕް ނުވަތަ އެންމެ ކަމުދާ ވައްތަރެއްގެ ޗޮކްލެޓް އެއް މެލްޓް ކޮށްލުމަށްފަހު މަށްޗަށް އަޅައިލާށެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *