ކަސްޓަޑަކީ ބާޒާރުން ފަސޭހައިން ލިބެން ހުންނަ އަނގަޔަށް މީރު ބާވަތެކެވެ. ކަސްޓަޑަކީ އާންމު މަސްމަހުގައި ވެސް ގޭގޭގެ ސުފުރާ ފަޅުފިލުވައިލުމަށް މުހިންމު ދައުރެއް އަދާ ކުރާއެއްޗެކެވެ. މިއަދު މި ގެނެސްދެނީ ބުލޫބެރީ ކަސްޓަޑް ޕުޑިން ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
- 1 ޖޯޑު ކަސްޓަޑު
- 1 ޖޯޑު ފުލް ކްރީމް މިލްކް
- 1/2 ޖޯޑު ކަސްޓަޑު
- 2/3 ޖޯޑު ކަސްޓަޑު
- 1/2 ޖޯޑު އެވަޕްރޭޓެޑް މިލްކް
- 1/2 ޖޯޑު ގެރިިކިރު
- 1/2 ޖޯޑު ބްލޫބެރީ ޖޭމް
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 2 މޭޒުމަތީ ސަމްސާ ހަކުރު
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ހަކުރު ކޮޅު އުދުން މަތިން ކެރެމަލް ކޮށްލާށެވެ. އެއަށް ފަހު ގައި ޕުޑިން ސެޓް ކުރަން ބޭނުންވާ ތައްޓަށް އަޅައި ތަށީގައި ކެރަމަލް ގެ ކޯޓެއް ލާށެވެ. ދެން ހިހޫ ކުރުމަށް ބައިންދާށެވެ.
އެއަށް ފަހު ތައްޓެއްގައި ފުލް ކްރީމް މިލްކް އަދި ކަސްޓަޑު ކޮޅު އެއްކޮށްލާށެވެ. އެއަށް ފަހު ފްރޭންޔެއް ބޭނުން ކޮށްގެން ތެއްޔަކަށް ފުރާނާލާށެވެ. އެއަށް ފަހު ކެއްކުމަށް އުދާށެވެ. ދެން އެވަޕްރޭޓެޑް މިލްކް ގެރިކިރު އެސެންސް އަޅައި ރަނގަޅަށް ތައްޔވަންދެއް ކައްކާލާށެވެ.
ކެކުމުން ކަސްޓަޑުގެ އެއްބައި ކުރިން ކެރަމަލް އެޅި ތައްޓަށް އަޅައިލާށެވެ. އެއަށް ފަހު ބްލޫބެރީ ޖެމް ގެ ލޭއާއެއް އަޅައި ލާށެވެ. ދެން އަނެއް ކައިވެސް ކަސްޓަޑުގެ ބާކީ ބައި އަޅައި ލުމަށްފަހު ބްލޫބެރީ ލޭޔާއެއް އަޅާނީއެވެ. އެއަށް ފަހު ފިނި ކޮށްލާށެވެ.