ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް އެމްޕީއެލްގެ މެނޭޖްމަންޓުން ނިންމި ނިންމުން ބަދަލުކުރުމަށް އެމްޓީއޭއިން ގޮވާލައިފި

ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް އެމްޕީއެލްގެ މެނޭޖްމަންޓުން ނިންމި ނިންމުން ބަދަލުކުރުމަށް އެމްޓީއޭއިން ގޮވާލައިފި

ބޯޓުފަހަރުން ނަގާ ފީ ޑޮލަރުން ނެގުމަށް އެމްޕީއެލްގެ މެނޭޖްމަންޓުން ނިންމި ނިންމުން ބަދަލުކުރުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އެމްޓީއޭއިން ގޮވާލައިފިއެވެ.

އެމްޓީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާއެކު, މުދާ އެތެރެކުރާ އެންމެހާ ފަރާތްތަކަކީވެސް ޑޮލަރުން ކުރަންޖެހޭ އެންމެހާ ޚަރަދުތަކަށްވެސް ބޭނުންވާ ޑޮލަރު ބޮޑުއަގުގައި ގަންނާންޖެހޭ ފަރާތްތައް ކަމަށާއި، އެގޮތުން މިހާތަނަށް, މުދާ އެތެރެކުރާ ފަރާތްތަކުން ދިވެހި ފައިސާއިން ދައްކަމުން އައި ފީތައް އެމްޕީއެލްއަށް ޑޮލަރުން ދައްކަން މަޖޫބޫރުވެގެން ދިއުމަކީ, ވިޔަފާރަވެރިންނަށް ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވާނެ ކަމެއް ކަމުގައެވެ.

އޭގެ އެއް ސަބަބެއް ކަމުގައި އެޖަމިއްޔާއިން ފާހަގަ ކޮށްފައިވަނީ ރާއްޖޭގެ ބޭންކުތަކުން ވިޔަފާރިވެރިންނަށްވެސް ބޭނުންވާވަރަށް ޑޮލަރު ގަންނަން ލިބެން ނެތުމެވެ. 

އޭގެ ނަތީޖާއަކަށް ވެގެންދާނީ, ވިޔަފާރަވެރިން ބޮޑު އަގުދީގެން ޑޮލަރު ގަތުމަށް ކުރާ ހޭދައިގެ ނިސްބަތުން މުދަލުގެ އަގު އުފުލިގެން ދިއުމެވެ.

އެމްޓީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޓީއޭއިން ބުނެފައިވަނީ، މިއީ, އިގްތިސާދީގޮތުން ދަތި ދުވަސްވަރެއްގައި އަދި ޚާއްސަކޮށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގެނައުން އެންމެ ރަގަޅު ބަދަލަކަށް ނުވުމާއެކު, އެމްޕީއެލްގެ މެނޭޖްމަންޓުގެ މި ނިންމުން ބަދަލުކުރުމަށް މި ޖަމިއްޔާއިން ގޮވާލާ ކަމުގައެވެ.

އަދި ސަރުކާރުގެ ހުރިހާ އެސްއޯއީތަކުންވެސް ދިވެހި ވިޔަފާރަވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ދިވެހި ރުފިޔާއިން ފީދެއްކޭނެ އިންތިޒާމް ހަމަޖައްސަވާ ދެއްވުކަމަކީ ދިވެހި ވިޔަފާރަވެރިންނަށް އޭގެ ލުއިފަސޭހަކަން ލިބި އަދި މުދަލުގެ އަގު އުފުލިގެން ދިޔަނުދިނުމަށްޓަކާ ކޮންމެހެން މުހިންމުކަމަށްވާތީ މިއުސޫލު ދަމަހައްޓަވާ ދެއްވުމަށްވެސް އެޖަމިއްޔާއިން ސަރުކާރަށް ގޮވާލާފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *